ފަސް ތަނެއް ބަލައި ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

މި އޮޕަރޭޝަންގައި ސައްހަ ވިސާއެއް ނެތި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ ބިދޭސީއެއް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވެ އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ދަށުން ފަސް ތަނެއް ބަލައި ފާސްކޮށް، ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގަމުންދާ ބިދޭސީން ހޯދުމަށް ހުއްޓުމެއްނެތި ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން، އިއްޔެ ހުޅުމާލޭގައި ހުރި ސެލޫނާއި ފަހާތަންތަން އަދި ކެފޭ ހިމެނޭ ގޮތަށް 5 ތަނެއް ވަނީ ބަލައި ފާސްކޮށްފަ އެވެ.މި އޮޕަރޭޝަންގައި ސައްހަ ވިސާއެއް ނެތި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ ބިދޭސީއެއް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވެ އެވެ. 
ސަރުކާރުން ދަނީ ހަމައިން ނައްޓާލާފައިވާ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ފިޔަވަޅުތަކެއް އަޅަމުންނެވެ. ގަވައިދާ ހިލާފަށް ރާއްޖޭގައި ގުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ފަށާފައިވާ މަސައްކަތުގެ ދަށުން މިހާތަނަށް 5،000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްފަ އެވެ.  މީގެ އިތުރުން ބަޔޯމެޓްތިކް ނަގައި 45،000 މީހެއްގެ މައުލޫމާތު އިމިގްރޭޝަން ސިސްޓަމުގައި މިހާތަނަށް ރައްކޮށްފައިވެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ