ފިލްމު 'ހެރާ ޕެރީ 3' ތައްބޫއާ ނުލާ ފުރިހަމަ ނުވާނެ ކަމަށް އޭނާ ބުނެފި

މީގެ 25 އަހަރު ކުރިން ރިލީޒްކުރި ހެއްވާ މަޖާ ފިލްމު "ހެރާ ޕެރީ"ގެ ތިން ވަނަ ފިލްމު ތައްބޫއާ ނުލާ ފުރިހަމަ ނުވާނެ ކަމަށް ބަތަލާ ބުނެފިއެވެ. އަކްޝޭ ކުމާރު، ސުނިލް ޝެޓީ އަދި ޕަރޭޝް ރާވަލް މުހިއްމު ރޯލް ކުޅުނު މި ފިލްމަކީ ޕްރިޔާދާޝަން ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ. ޕްރިޔާދާޝަން ދާދިފަހުން މީޑިއާގައި ބުނެފައި ވަނީ ފިލްމު "ހެރާ ޕެރީ 3"ގެ މަސައްކަތް ފަށަން ކެތްމަދުވެފައިވާ ކަމަށާއި ނަމަވެސް މި ފިލްމު އުފައްދާނީ އަކްޝޭ އާއި ސުނިލް ލީޑް ރޯލް ކުޅޭނަމަ ކަމަށެވެ. އަކްޝޭ ކުމާރުގެ ކުރިއަށް އޮތް ފިލްމު "ބޫތު ބަންގްލާ"ގެ ބަތަލާ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި ފޮޓޯއާއެކު ބުނެފައި ވަނީ "ހެރާ ޕެރީ 3"ގެ ކާސްޓުން އޭނާ ނުފެނިއްޖެނަމަ ފިލްމު ފުރިހަމަ ނުވާނެ ކަމަށެވެ. ތައްބޫ މިގޮތަށް ބުނެފައި ވަނީ އެކްޓަރު އަކްޝޭ ކުމާރު އަދި ޑައިރެކްޓަރު ޕްރިޔާދާޝަންގެ ފޮޓޯއެއް އާއްމު ކުރުމަށްފަހުއެވެ. އަކްޝޭ ކުމާރު އަދި ބަތަލާ ތައްބޫ. ތައްބޫ އަންނަނީ އަކްޝޭއާ އެކު އިތުރު އެހެން ފިލްމެއްގައި ވެސް މަސައްކަތް ކުރަމުން--ފޮޓޯ/ފޭސްބުކް ޑައިރެކްޓަރު ޕްރިޔާދާޝަންގެ 68ވަނަ އުފަންދުވަހާ ގުޅިގެން އަކްޝޭ ތަހުނިޔާ ކިޔުމުން، ޕްރިޔާދާޝަން ބޭނުންވަނީ އުފަންދުވަހުގެ ހަދިޔާއަކަށް ބޭނުންވަނީ "ހެރާ ޕެރީ 3"ގައި އަކްޝޭ ހިމަނައިގެން އުފެއްދުމުގެ ފުރުސަތު ދިނުން ކަމަށެވެ. އަކްޝޭ އާއި ތައްބޫ މިހާތަނަށް ސްކްރީނުން ފެނިފައި ވަނީ 90އިގެ އަހަރުތަކުގެ ފިލްމުތަކުންނެވެ. ބަތަލާ ތައްބޫގެ އެންމެ ފަހުން ރިލީޒްކުރި ފިލްމުތަކަކީ މިދިޔަ އަހަރު ސިނަމާތަކުގައި އެޅުވި "ކްރޫ" އަދި "އޯރޯ މޭ ކަހާ ދަމްތާ"އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ