އައްޑޫ ސިޓީ ލިންކް ރޯޑް، މަގުތަކާއި ފެން ހިންދާ ނިޒާމު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްއެވެ. އަދި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިޔާ ޖެނެރަލް (ރިޓަޔާޑް) ޢަލީ ޒުހައިރުއެވެ.
މި މަޝްރޫއުގައި ލިންކް ރޯޑު ރަނގަޅު ފެންވަރަކަށް ހެދުމާއެކު 67.58 ކިލޯމީޓަރު ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު ނުވަތަ ގާ އަޅުމަށް ހަމަޖެހިފައިވާއިރު ފޭދޫ ފެންހިންދާ ނިޒާމު ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ދުވާރު ހެދުމާއި ސައިން ބޯޑުތައް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއު ހަވާލުކޮށްފައިވަނީ 1440 ދުވަސްތެރޭ ނިންމުމަށެވެ.
އައްޑޫ ލިންކު ރޯޑުގެ މަޝްރޫއުގެ މަސައްކަތް މިއަދު ހަވާލުކޮށްފައިމިވަނީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގައި ހިމެނޭ މަގެއްގައި ހުރި ބައު އިމާރާތެއް ހުސްނުކުރެވިގެން އެ މަޝްރޫއު ނިމުން ލަސްވެ އަދި ޕްރޮޖެކްޓްގެ ސްކޯޕަށް ބަދަލު ގެންނަން ސަރުކާރުން ނިންމުމާއި ގުޅިގެން ވަރަށް ބޮަޑަ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.
ހިޔާގެ ފުރަތަމަ 4 ޓަވަރުގައި 8 ލިފްޓު ހަރުކޮށްފި ގަމަކީ އެއްވެސް ބައެއްގެ ތަރިކަ މުދަލެއް ނޫން. އެއީ އައްޑޫގެ ތަރައްގީގެ ނާރެސް- އައްދު ޖޭއެސްސީގެ މެންބަރަކަށް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަންކުރައްވައިފި ގަން ތަރައްގީކުރުމުގެ ޕްރޮޖެކްޓަށް ބަދަލު ގެންނަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ