ރައީސްގެ ޕޯލް: ގިނަ މީހުން ބޭނުންވަނީ 2000 ވަނަ އަަހަރުން ފެށިގެން މަނާކުރަން
ދުންފަތުން ސަލާމަތް ވެފައިވާ ޖީލެއް ބިނާކުރަން ގިނަ މީހުން ބޭނުންވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތް މަނާކުރަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިއަށް ގެންދެވި ސޯޝަލް މީޑިއާގެ ޕޯލުން ދައްކައިފި އެވެ.ރައީސް މުއިއްޒުގެ ރަސްމީ "އެކްސް" އެކައުންޓުން މިމަހުގެ ތިންވަނަ ދުވަހު ހުޅުވާލައްވާފައިވާ ޕޯލްގައި ވަނީ ޖެނެރޭޝަނަލް ބޭން ކަނޑައެޅުމުގައި އެ މަނިކުފާނު ހުށަހަޅުއްވާ ގޮތްތައް ހިއްސާކުރައްވާފަ އެވެ. އެގޮތުން އެ މަނިކުފާނު ހުށަހަޅުއްވާ ގޮތްތަކުގެ ތެރެއިން ގޮތެއް އިހްތިޔާރު ކުރެއްވުމަށް ޕޯލްގައި ދީފައިވާ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ.ރައީސް މުއިއްޒު ހުށަހަޅުއްވާ ގޮތްތައް:2007 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން2004 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން2000 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުންއެކްސްގައި ކުރިއަށް ގެންދިޔަ ޕޯލަށް ބަލާއިރު 5،501 މީހުން ވަނީ ވޯޓުލައިފަ އެވެ. އެ ނަތީޖާ އިން ދައްކަނީ 51.1 ޕަސެންޓު މީހުން ބޭނުންވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރާށެވެ.އަދި އުފަންވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރަން ފެންނަ ކަމަށް އެކްސްގައި ވޯޓު ދީފައިވަނީ 8.2 ޕަސެންޓް މީހުންނެވެ.ފޭސްބުކް އަދި އިންސްޓަގްރާމުގައި ރައީސް ހުޅުވާލައްވާފައިވާ ޕޯލްގައިވެސް ގިނަ ބަޔަކު ބުނެފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރަން ފެންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ