މިހާރު ރަޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި, އީރާނުގެ ހާރިޖީ ވަޒީރު، އައްބާސް އަރްގްޗީ, ރަޝިއާގެ ރައީސް ވްލަޑްމީރު ޕުޓިން އާ ބައްދަލުކުރައްވައިފިއެވެ.
ދެ ބޭފުޅުންގެ ބައްދަލުވުން ބާއްވާފައިވަނީ މޮސްކޯގައެވެ. ނަމަވެސް ދެ ބޭފުޅުންގެ ބައްދަލުވުމުގެ އެއްވެސް ތަފްސީލެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އަރްގްޗީ އާއި ޕުޓިންގެ ބައްދަލުވުމަކީ މިހާރު އެމެރިކާއާ އީރާނާ ދެމެދު ކުރިއަށްދާ ނުސީދާ ބައްދަލުވުންތަކަށް އަލިމަގެއް ހޯދުމުގެ ގޮތުން ކުރިއަށްގެންދާ ބައްދަލުވުމެއްކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އީރާނުގެ މީޑިއާތަކުން ބުނެފައިވަނީ މި ބައްދަލުވުމަކީ އެޤައުމުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށް އެމެރިކާއިން އިންޒާރުދެުންދާތީވެ، އެކަމާ ގުޅޭގޮތުން ބައްދަލުވުމެއް ކަމަށެ ބުނެފައެވެ. މީގެ އިތުރުން އަރްގްޗީގެ މި ދަތުރުފުޅުގައި އީރާނުގެ ރޫހީ ލީޑަރު، އާޔަތުﷲ އަލީ ހާމަނާއީގެ ހާއްސަ ސިޓީފުޅެއް ޕުޓިންއަށް އެރުވުމަސްވެސް ވަނީ ހަމަޖެހިފައެވެ.
Advertisement
އަނެއްކޮޅުން އަރްގްޗީ ރަޝިއާއަށް ވަޑައިގެންފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން އެޤައުމުގެ ފަރާތުން އެއްބާރުލުން ދެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ޕުޓިންގެ އަރިހުން އެދިފައެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް މައްސަލާގައި އޮމާން މެދުވެރިއެއްގެ ބައި އަދާކުރާގޮތަށް އެމެރިއާ އާއި އީރާން ނުސީދާ ވާހަކަތަކުގެ ފުރަތަމަ ބުރު މިދިޔަ ހޮނިހިރުދުވަހު ނިމިފައިވަނީ ދެ ޤައުމުންވެސް ހިތްހަމަ ޖެހޭގޮތަށްކަމަށް ދެ ޤައުމުންވެސް ވަނީ ހާމަކޮށްފައެވެ. .
އީރާނުގެ ހާރިޖީ ވަޒީރު އަރްގްޗީ، ރަޝިއާގެ ރައީސް ޕުޓިން އާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ