ޖިސްމާނީ ހަރަކާތްތެރިކަމަކީ ކޮންމެ މީހަކަށް ވެސް މުހިއްމު ކަމެކެވެ. ހިތް ފެއިލްވުމާއެކު އުޅެންޖެހިފައިވާ މީހުންނަށް މުހިންމުކަން ބޮޑުވެގެންދެއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ކަސްރަތު ކުރުމަށް ބިނާކޮށް ކާޑިއަކް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންދާ ކޮންޖެސްޓިވް ހާޓް ފެއިލިއަރ ބަލިމީހުން ހޮސްޕިޓަލުގައި އެޑްމިޓްވާންޖެހުމުގެ ފުރުސަތު ކުޑަވެ، އެކަން ނުކުރާ މީހުންނަށް ވުރެ ރަނގަޅު ދިރިއުޅުމެއް އުޅެވެއެވެ.
"ހިތުގެ ގިނަ ހާލަތްތަކަށް ކަސްރަތު ކުރުމަކީ ވަރަށް މުހިންމު ކަމެއް! ހިތުގެ ދުޅަހެޔޮކަން ވަރުގަދަ ކުރުމަށް އެހީތެރިވެދީ، ލޭގެ ޕްރެޝަރު ދަށްކޮށްދީ، ސްޓްރެސް ލެވެލް ދަށްކޮށްދީ، ޖުމްލަ ނަފްސާނީ ސިއްހަތު ރަނގަޅު ކުރުމަށް އެހީތެރިވެދޭ!"
ގިނަ ބަލިމީހުން ޑޮކްޓަރުން ކާޑިއަކް ރިހެބް ޕްރޮގްރާމަކަށް ރިފަރ ކުރުމުން ކަސްރަތު ކުރާއިރު ހިތުގެ ދުވެލި، އީސީޖީ، ލޭގެ ޕްރެޝަރު އަދި އެހެނިހެން ޖިސްމާނީ މައްސަލަތައް މޮނިޓަރ ކުރެވޭނެއެވެ.
"މިއީ ކަސްރަތު ޕްރޮގްރާމެއް ފެށުމަށް އެންމެ ރަނގަޅުގޮތް. މިބުނީ ޑޮކްޓަރުންގެ ފުރިހަމަ ބެލުމުގެ ދަށުން ރަނގަޅު ފެންވަރުގަ ހޮސްޕިޓަލެއްގަ ފުރަތަމަ ފެށުން!. ހާއްސަކޮށް ހިތުގެ މައްސަލަތައް ހުންނަ ބަލިމީހުންނަށް،"
ސްޕެޝަލިސްޓުންގެ ބެލުމުގެ ދަށުން ހާޓް ފެއިލިއަރ އާއި އެކު ރައްކާތެރި އަދި އެކަށީގެންވާ ކަސްރަތުތަކަކީ ކޮބައިކަން އެނގޭނެއެވެ. "އެއަށްފަހު ބަލިމީހާއަށް ޔަގީންކަން ދީ، ޕްރޮގްރާމް ނިންމާލުމުން މިއީ ގޭގައި ރައްކާތެރިކަމާއެކު ކުރެވޭނެ ކަންތައްތައް ކަމަށް އިތުބާރު އުފެއްދުމަށް އެހީތެރިވެދެވޭނެ،"
އަދި އަމިއްލައަށް ކަސްރަތު ކުރަން ފެށުމަށް ވެސް އިޚްތިޔާރު ކުރެވިދާނެ އެވެ. އެކަމަކު ހަނދާން ކުރަންޖެހޭނެ ކަމަކީ ކަސްރަތު ކުރަން ފެށުމުގެ ކުރިން ޑޮކްޓަރާ ވާހަކަ ދެއްކުމަކީ މުހިންމު ކަމެއް ކަމެވެ.
ޑޮކްޓަރަކު ލައްވައި ޙާލަތު ދެނެގަތުމަށްފަހު މަޑުމަޑުން ފަށާށެވެ. "އަރާމު ރޭޓެއްގައި މަދު މިނިޓެއްހާއިރު ކަސްރަތު ކުރަން ފަށާ،" "ދެން ކޮންމެ ދުވަހަކު ވެސް މަޑުމަޑުން މަސައްކަތް ކުރާނީ ވޯކްއައުޓްގެ ދިގުމިނާއި ވަރުގަދަކަން އިތުރު ކުރަން".”
ވޯކްއައުޓްގެ މުއްދަތު ނުވަތަ ބާރުމިން އިތުރުކުރާއިރު، ތަޖުރިބާކާރުން ލަފާދެނީ "ޓޯކް ޓެސްޓް" ބޭނުންކުރުމަށެވެ: ކަސްރަތު ކުރަމުން ދަނިކޮށް ވާހަކައެއް ކުރިއަށް ނުގެންދެވޭނަމަ، މާބޮޑަށް ކަންތައް ކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ.
ކުޑަކޮށް އަދި މެދުމިނުގެ ހިތް ފެއިލްވުން ހުންނަ ބަލިމީހުންނަށް އެންމެ ރަނގަޅު އަމާޒަކީ ހަފްތާއަކު 5 ދުވަހު 30 އާއި 45 މިނެޓާ ދެމެދުގެ މުއްދަތަކަށް ކަސްރަތު ކުރުމެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު
ހިތުގެ މައްސަލަ ހުންނަ މީހުން ކަސްރަތުކުރުމުގަ ސަމާލުކަންދޭންޖެހޭނެ ކަންކަން-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ