ގޭމް އޮފް ތްރޯންސް އާރްޓީއެސް: އީސްޕޯޓްސްގެ ދުނިޔެއަށް މުޅިން އާ ގޭމެއް ގޭމް އޮފް ތްރޯންސް އާރްޓީއެސް: އީސްޕޯޓްސްގެ ދުނިޔެއަށް މުޅިން އާ ގޭމެއް

ޕްލޭސައިޑް ސްޓޫޑިއޯސްއިން ތައްޔާރުކުރާ “ގޭމް އޮފް ތްރޯންސް: ވޯރ ފޮރ ވެސްޓެރޯސް” ނަމަކަށް ކިޔާ އާރްޓީއެސް (ރިއަލް-ޓައިމް ސްޓްރެޓެޖީ) އީސްޕޯޓްސްގެ މުޅިން އާ ގޭމެއް 2026 ވަނަ އަހަރު ޕީސީ ޕްލެޓްފޯމަށް ނެރުމަށް ހަމަޖެހިފައިވާކަން އިއުލާންކޮށްފި އެވެ. މި ގޭމަކީ ޖޯޖް އާރުއާރު މާޓިންގެ ފެންޓަސީ ދުނިޔެއަށް ބިނާކޮށް ތައްޔާރުކުރާ ގޭމެކެވެ.
"ވޯރ ފޮރ ވެސްޓެރޯސް" ގައި ކުޅުންތެރިންނަށް ހައުސް ސްޓާކް، ހައުސް ލެނިސްޓަރ، ހައުސް ޓާގެރިއަން، ނުވަތަ ނައިޓް ކިންގްގެ ބާރުތައް ކޮންޓްރޯލްކުރެވޭނެއެވެ. ގޭމްގައި ސިންގަލް-ޕްލޭޔަރ ކެމްޕޭން އަދި “ފްރީ-ފޮރ-އޯލް މަލްޓިޕްލޭޔަރ” މޯޑެއް ހިމެނޭނެއެވެ. މި މަލްޓިޕްލޭޔަރ މޯޑަކީ ކޮމްޕެޓިޓިވް ގޭމްޕްލޭއަށް އަމާޒުކޮށްފައިވާ މޯޑެއްކަން ފާހަގަކުރެވެއެވެ.
ގޭމްގެ ރަސްމީ ތައާރަފުގައި ބުނެފައިވާ ގޮތުން، ކުޅުންތެރިން ސެވަން ކިންގްޑަމްސް ސޯލޯކޮށް ނުވަތަ ފްރީ-ފޮރ-އޯލް މަލްޓިޕްލޭޔަރގައި ކޮންކުއަރ ކުރާނެ އެވެ. ކޮންމެ ފެކްޝަނަކުންވެސް ޑީޕްލީ އެސިމެޓްރިކް ސްޓްރެޓެޖީތަކެއް ހުށަހަޅާނެއެވެ. އޭގެ ތެރޭގައި ސިގްނޭޗަރ ހީރޯސް، އާމީސް، އަދި ވެސްޓެރޯސްގެ ބްރޫޓަލް ލެގަސީއިން އުފެދިފައިވާ މެކޭނިކްސް ހިމެނެ އެވެ.
ގޭމްގެ ޑިރެކްޓަރ ރަޔަން މެކްމަހޮން ވިދާޅުވެފައިވަނީ، “މިފަހަރު ތިޔަބޭފުޅުން ގޭމް އޮފް ތްރޯންސް ބަލަނީއެއް ނޫން - ތިޔަބޭފުޅުން އެ ކުޅެނީ. ވޯރ ފޮރ ވެސްޓެރޯސްއިން ތިޔަބޭފުޅުން ބާރުގެ ގޮނޑީގައި ބައިންދާނެ. ތިޔަބޭފުޅުން ސްޓާކްސް، ޓާގެރިއަންސް، ނުވަތަ ލެނިސްޓަރސް ލީޑްކުރިޔަސް، ނުވަތަ ނައިޓް ކިންގް އަދި އޭނާގެ މަރުވެފައިވާ މީހުންގެ އާމީ ކޮމާންޑްކުރިޔަސް، ތިޔަބޭފުޅުންނަށް ހަގީގީ ބާރު ލިބޭނެ.”ރަޔަން އިތުރަށް ވިދާޅުވިއެވެ.
އާރްޓީއެސް ގޭމްތަކަކީ އީސްޕޯޓްސް ދާއިރާގައި އެންމެ ދުވަސްވީ ގޭމް ޖޯންރާތަކުގެ ތެރެއިން ޖޯންރާއެކެވެ.
“ގޭމް އޮފް ތްރޯންސް: ވޯރ ފޮރ ވެސްޓެރޯސް” ގައި ހުރި ފްރީ-ފޮރ-އޯލް މަލްޓިޕްލޭޔަރ މޯޑާއި، ޑީޕްލީ އެސިމެޓްރިކް ފެކްޝަންތަކާއި، ސްޓްރެޓެޖިކް ގޭމްޕްލޭ ފީޗަރތަކަށް ބަލާއިރު، މި ގޭމަކީ އީސްޕޯޓްސް މައިދާނުގައި ވާދަވެރި ގޭމަކަށް ވުމުގެ ފުރުޞަތު ބޮޑު ގޭމެކެވެ.
ގޭމް އޮފް ތްރޯންސްގެ ބްރޭންޑްގެ މަގުބޫލުކަމާއި، އާރްޓީއެސް ގޭމްތަކުގެ ކޮމްޕެޓިޓިވް ނޭޗަރއަށް ބަލާއިރު، މި ގޭމަކީ އީސްޕޯޓްސް ޓޯނަމަންޓްތަކާއި ލީގްތަކަށް އެކަށީގެންވާ ގޭމަކަށް ވުމުގެ ފުރުޞަތު ބޮޑެވެ. ޚާއްޞަކޮށް ގޭމްގައި ހިމެނޭ ފެކްޝަންތަކުގެ ބެލެންސިންގ އަދި ސްޓްރެޓެޖިކް ޑެޕްތް ރަނގަޅުނަމަ، ކޮމްޕެޓިޓިވް ސީންއެއް ބިނާކުރުމަށް މަގުފަހިވެގެންދާނެއެވެ.
ގޭމް ނެރުމަށް ހަމަޖެހިފައިވަނީ 2026 ގައި ކަމަށްވާއިރު، ގޭމް ނެރުމާއެކު ކޮމްޕެޓިޓިވް ޓޯނަމަންޓްތައް ރާވައި، އީސްޕޯޓްސް ސީންއެއް ބިނާކުރުމަށް ޕްލޭސައިޑް ސްޓޫޑިއޯސްއިން މަސައްކަތްކުރާނެކަމަށް ބެލެވެއެވެ.
“ގޭމް އޮފް ތްރޯންސް: ވޯރ ފޮރ ވެސްޓެރޯސް” އަކީ ގޭމް އޮފް ތްރޯންސްގެ ދުނިޔެއަށް ބިނާކޮށް ތައްޔާރުކުރާ ފުރަތަމަ އާރްޓީއެސް ގޭމެވެ. މި ގޭމްގެ ކޮމްޕެޓިޓިވް މަލްޓިޕްލޭޔަރ ފީޗަރތަކަށް ބަލާއިރު، އީސްޕޯޓްސް މައިދާނަށް އާ ކަންތައްތަކެއް ގެނެސްދޭނެ ގޭމަކަށް ވުމުގެ ފުރުޞަތު ބޮޑެވެ. 2026 ގައި ގޭމް ނެރުމުން، އީސްޕޯޓްސްއަށް ލޯބިކުރާ ފަރާތްތަކަށް އާ ތަޖުރިބާއެއް ލިބިގެންދާނެކަން ކަށަވަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ