މޯލްޑިވިއަންގެ ފަސްވަނަ އޭޓީއާރު ރާއްޖެ ގެނެސްފި

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއަށް އޭޓީއާރު މަރުކާގެ ފަސްވަނަ މަތިންދާބޯޓު މިއަދު ގެނެސްފިއެވެ. މި ބޯޑު ވެލާނާ އިންޓަނޭޗަނަލް އެއާޕޯޓަށް މިއަދު ޖައްސާފައި ވާއިރު، މަރުހަބާ ކިޔުމުގެ ގޮތުން ބޭއްވި ތަސްމިއްޔާތެއްގައި ވަނީ ވޯޓާ ސެލިއުޓެއް ދީފައެވެ. މި ރަސްމިއްޔާތުގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު ތޯރިގް އިބްރާހީމާއި މޯލްޑިވިއަންގެ އެމްޑީ އިބްރާހީމް އިޔާސް ބައިވެރިވެވަޑައިގަތެވެ. https://x.com/MaldivianAero/status/1931368372454752614 މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ތޯރިގު ވިދާޅުވީ، މޯލްޑިވިއަންގެ ފްލީޓަށް ފަސްވަނަ އޭޓީއާރު އިތުރުވުމަކީ އުފާކުރާ ކަމެއް ކަމަށެވެ. މިކަމުގެ ސަބަބުން އެތެރޭގެ އުދުހުންތަކައް ފަސޭހަވެ، ދިވެހިންނާއި ފަތުރުވެރިންނަށް ވެސް އިތުރު ލުއި ފަސޭހަތަކެއް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ. https://x.com/Thoriqibrahim/status/1931384425100857722 މި ބޯޓަކީ އޭޓީއާރު 600-42 މަރުކާގެ 46 މީހުންގެ ޖާގައިގެ ބޯޓެކެވެ. މި ބޯޓުގެ އިތުރުން ވެސް މޯލްޑިވިއަންގެ ފްލީޓުގައި އޭޓީއާރު މަރުކާގެ ހަތަރު މަތިންދާބޯޓު ހިމެނެއެވެ. އެއީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ޖެނުއަރީ 2023ގައި ގެނައި އޭޓީއާރު-72ގެ ދެ ބޯޓާއި، އެ އަހަރުގެ އޭޕްރީލްގައި ގެނައި އޭޓީއާރު-42 ބޯޓަކާއި، މި ވެރިކަމުގައި މިދިޔަ އަހަރުގެ މެއި މަހު ގެނައި އޭޓީއާރު-42ގެ ބޯޓެކެވެ. މީގެ ކުރިން މޯލްޑިވިއަނުން ބުނި ގޮތުގައި، އެ ކުންފުނީގެ އަމާޒަކީ ޑޮމެސްޓިކް ދަތުރުތަކަށް ބޭނުންކުރާ ބޯޓް ފްލީޓު، ޑޭޝް މަރުކާއިން، އޭޓީއާރަށް ބަދަލުކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ