ތިނަދޫ އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ދެރަވެ އައިސީޔޫ ގައި

ތިނަދޫ ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނެއް މީހާގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ، ތިނަދޫ ސިޓީގެ ކުރީގެ ހުކުރު މިސްކިތް ކައިރީ ކާރަކާއި ސައިކަލެއްޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ 15:47 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. 
އަދި މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން 31 އަހަރުގެ އަންހެން މީހާގެ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން، އޭނާ އަށް ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދީފައިވާ ކަމަށެވެ. އޭގެ ފަހުން، އިމަޖެންސީގައި މާލެ ގެނެސް އައިޖީއެމްއެޗް ގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
Advertisement
އެ އަންހެން މީހާގެ ހާލަތާއި ގުޅޭގޮތުން ފުލުހުން މިރޭ ބުނީ އެ މީހާގެ ސިކުނޑީގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށާ ނަމަވެސް އޮޕަރޭޝަނަށް ފަހު އިންފެކްޝަނެއް އުފެދުމުގެ ސަބަބުން އަންހެން މީހާގެ ހާލު ސީރިއަސްވެފައިވާ ކަމަށެވެ. އަދި މިހާރު ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަަމަށެވެ.
އެ އާއިލާ އިން މިހާރު ވަނީ އެ މީހާއަށް ފަރުވާ ކުރުމަށް އާންމުންގެ އެހީތެރިކަން ހޯދަން ވެސް އިއުލާނު ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ