މުލީ އެއާޕޯޓު ދަތުރުތަކަށް ހުޅުވާލައިފި
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި 2021ވަނަ އަހަރު ތަރައްގީކުރަން މަސައްކަތް ފަށައި، މިހާރު އެއްކޮށް ނިމިފައިވާ މ. މުލީ އެއާޕޯޓު އާންމު ދަތުރުތަކަށް މިއަދު ހުޅުވާލައިފިއެވެ. ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްސީއެލް) އިން މިއަދު ވަނީ، މުލީ އެއާޕޯޓުގެ ކޮމާޝަން އޮޕަރޭޝަންތައް ފެށުމަށް ޓަކައި އެތެރޭގެ ދަތުރުތައް ކުރުމަށް މޯލްޑިވިއަންއާއި ވިލާގެ އިތުރަށް މަންތާ އެއާލައިނަށް ފުރުސަތު ހުޅުވާލާފައެވެ. https://x.com/AirportsMV/status/1919293363330617485 މުލީ އެއާޕޯޓުގެ މަސައްކަތް ނިންމައި، ޓެސްޓު ފްލައިޓު ޖެއްސީ މިދިޔަ އޭޕްރީލް މަހުގެ 25ގައެވެ. https://sun.mv/205214 "ސަން"އާ ވަހަކަދައްކަވަމުން މުލީ ކައުންސިލްގެ ނައިބު ރައީސް އެ ދުވަހު އަޙްމަދު ޝާކިފް ވިދާޅުވީ، މިއަށްވުރެ އުފާވެރި ދުވަހެއް ރަށުގެ ރައްޔިތުން ނުދެކޭ ކަމަށެވެ. ސަބަބަކީ، އެއާޕޯޓެއްގެ މަސައްކަތް ނިމި، ޓެސްޓު ފްލައިޓު ޖައްސައިފައި މިވަނީ ރައްޔިތުން މި ކަމަށް އެދި ދިގު އިންތިޒާރެއްކުރަމުން ދަނިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ. މުއްޔަކީ އެ އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. ރަށުގައި މިހާރު ވެސް ސަރުކާރުގެ ގިނަ އިދާރާތައް ގާއިމްކޮށް، ބޭންކިންގެ ޚިދުމަތް ވެސް ލިބެން އެބަހުއްޓެވެ. ހަމައެއާއެކު ރާޅާއެރުމަށް ވެސް ޚާއްސަ ރާޅުގަނޑުތައް އެ ރަށުގައި ވެއެވެ. ޝާކިފް ވިދާޅުވީ އެއާޕޯޓު ތަރައްގީވުމާއެކު ތަންފީޒުކުރަން ރަށާއި، އަތޮޅުގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް ރާވައިފައިވާ ކަމަށެވެ. އަދި އެ މަސައްކަތް އެއާޕޯޓު ނިމެންވާއިރަށް ކުރަމުން އައި ކަމަށް ވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ