ހޮޓެލިއާ މޯލްޑިވްސް އެވޯޑްސްގެ ޕާޓްނަރަކަށް ދިރާގު
މި އަހަރުގެ "ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް" ބޭއްވުމަށްޓަކައި ދިރާގުން ހޮޓެލިއާ މޯލްޑިވްސްއާ އެކު ޕާޓްނާޝިޕް ހަދައިފިއެވެ. ދިރާގުން ބުނީ މި ޕާޓްނާޝިޕްގެ ދަށުން ޓޫރިޒަމް އަދި ހޮސްޕިޓަލިޓީ ސިނާއަތަށް ނިސްބަތްވާ ރާއްޖޭގައި ބާއްވާ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތްތައް ކަމުގައިވާ "ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް" ބޭއްވުމުގައި އެ ކުންފުނިން މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. ޑިޖިޓަލް އިނޮވޭޝަން ގެ ޒަރިއްޔާއިން ސިނާއަތްތައް ބާރުވެރިކުރުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް. އަދި ދުނިޔޭގެ ފެންވަރުގައި ރާއްޖެއަކީ ހޮސްޕިޓަލިޓީގެ ގޮތުން މިހާ ވަރުގަދަ ޑެސްޓިނޭޝަނެއްގެ ގޮތުގައި ފައިތިލަ ސާބިތުކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރާ މި ދާއިރާގެ އެންމެ ފާހަގަކޮށްލެވޭ ފަންނުވެރިންގެ އަގުވަޒަންކުރުމުގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު، އަލީ ރިޔާޒް ބެސްޓްބައި މޯލްޑިވްސް (ބީބީއެމް)އިން އިންތިޒާމްކޮށްގެން ބާއްވާ ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025 ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެ އެވޯޑް ހަފްލާގައި ރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާގެ ފަންނުވެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކުން ހޯދައިފައިވާ ކާމިޔާބީތަކުގެ އަގުވަޒަންކޮށް އެވޯޑް ދިނުމަށް ހަމަޖެހިފައި ވެއެވެ. ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް ފުރުތަމަ ފަހަރަށް ބާއްވައިފައިވަނީ މިދިޔަ އަހަރުގައެވެ. އެ އަހަރު 300 އަށް ވުރެ ގިނަ ނޮމިނޭޝަންސް އަދި 100،000 އަށް ވުރެ ގިނަ އާންމު ވޯޓުއާއެކުބޮޑު ތަރުހީބެއް ވަނީ އެ އެވޯޑަށް ލިބިގެންގޮސްފައެވެ. ދިރާގުން ބުނެފައިވަނީ މި އަހަރުގެ އެވޯޑަށް އެއަށްވުރެ ވެސް ބޮޑު ތަރުހީބެއް ލިބިފައި ވާކަމަށެވެ. އެ ގޮތުން އެކިކެޓަގަރީތަކަށް 450 އަށްވުރެ ގިނަ ނޮމިނޭޝަން ލިބިފައި ވުމުގެ އިތުރުން ހަތަރު އައު އެވޯޑް ސެގްމަންޓެއް ތައާރަފުކޮށްފައިވެއެވެ. ވޯޓްލުމުގެ ވަގުތު ހަމަވިއިރު 600،000 އަށްވުރެ ގިނަ މީހުން ވަނީ ވޯޓްލައިފައެވެ. ދިރާގުން ވަނީ ރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށްގެން ހިންގާ މުހިންމު ހަރަކާތްތަކުގައި އެންމެ ކުރީސަފުގައި ބައިވެރިވެ، އެ ދާއިރާ ކުރިއަރުވައި، ހަރުދަނާކޮށް، އަދި އެ ދާއިރާގެ ފަންނުވެރިންނަށް އިތުރު ފުރުސަތުތައް ތަނަވަސްކޮށްދޭނެ ޑިޖިޓަލް ހައްލުތައް ފޯރުކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ