އިޒްރޭލުން އިރާނަށް ހަމަލާ ދިނުން ރައީސް ކުށްވެރި ކުރައްވައިފި، އެއީ އުދުވާނެއް

އިސްރާއިލުން އިރާނުގެ އަސްކަރީ އަދި ނިޔުކްލިއާ މަރުކަޒުތަކަށް ބޮން އަޅާ ހިންގަން ފެށި އުދުވާން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުށްވެރި ކުރައްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް އިޒްރޭލްގެ އެ އުދުވާނަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ސާފުކޮށް ހިލާފު އަމަލެއް ކަމަށެވެ. އިޒްރޭލްގެ އަމަލުތަކުގެ ސަބަބުން ސަރަހައްދީ ސަލާމަތާއި ހަމަޖެހުން ނުރައްކަލަށް ހުށަހެޅިގެން ގޮސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ އެ ހަމަނުޖެހުންތައް އިތުރަށް ފުޅާވިޔަނުދިނުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް އިލްތިމާސް ކުރައްވާފައެވެ. 
މިއަދު ފަތިހު އިސްރާއީލުން އީރާނުގެ ވެރިރަށް ތެހެރާނަށް ދޭން ފެށި ބޮމުގެ ހަމަލާތަކުގައި އީރާނުގެ އީރާނުގެ ސިފައިންގެ އެންމެ އިސް ވެރިޔާ ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް މުޙައްމަދު ބަޣޭރީ އާއި ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ވަނީ އަވަހާރަވެފައެވެ.
އީރާނުގެ ނިއުކްލިއަރ އަދި އަސްކަރީ ތަންތަނަށް އަމާޒުކޮށް އިސްރާއީލުން ހަމަލާ ދީފައިމިވަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް އަވަސް ސްޕީޑެއްގައި ކުރިއަށްދާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލަންޖެހެއެވެ. 
އީރާނުގެ ސަރުކާރުގެ ޓެލެވިޜަނުން ބުނެފައިވާ ގޮތުގައި މި ހަމަލާގައި ބަޣޭރީގެ އަވަހާރަވެފައުވާއިރު އޭނާއަކީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ އިސް މަޤާމެއްގައި ކުރިން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން އެތައް އަސްކަރީ އޮފިސަރުންނަކާއި ސައިންޓިސްޓުންނެއް މި ހަމަލާގައި މަރުވެފައިވާކަމަށް ވެސް ރިޕޯޓުކުރެވެއެވެ.
އޭގެ ތެރޭގައި، އީރާނުގެ އިންޤިލާބީލަޝްކަރުގެ ކޮމާންޑަރު ހުސައިންސަލާމީ އާއި، ޚަތީމް އަލް އަންބިއާ މިލިޓަރީ ހެޑްއުއާޓަރގެ ކޮމާންޑަރު ގުލާމް އަލީ ރާޝިދު އަދި ނިއުކްލިއަރ ސައިންޓިސްޓް މުހައްމަދު މަހްދީ ތެހެރާނީ އާއި ފެރީދޮން އައްބާސީ ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ