މޯލްޑިވްސް އެކްސްޕޯގެ ގޯލްޑް ޕާޓްނަރަކަށް ދިރާގު

މޯލްޑިވްސް އެކްސްޕޯ 2025ގެ ގޯލްޑް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.މިއީ އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން ގުޅިގެން ބާއްވާ އިވެންޓެކެވެ.މި އެކްސްޕޯގެ މައިގަނޑު މަގްސަދަކީ ދިވެހިންގެ ހުނަރާއި ފަންނުވެރިކަން އަދި އުފެއްދުންތަކާއި ހިދުމަތްތައް ހިއްސާކުރެވޭނެ ޕްލެޓްފޯމެއް ފޯރުކޮށްދިނުމެވެ.މި އެކްސްޕޯގެ އެންމެ ފާހަގަކޮށްލެވޭ ފެނިލުމަކަށް ވެގެންދާނީ ކޮންމެ އަހަރަކު ވެސް ބާއްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒެވެ. މި މައުރަޒުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ދިވެހީންގެ އަތްތެރި މަސައްކަތްތަކާއި އެހެނިހެން ހުނަރުވެރި މަސައްކަތްތައް ފެނިގެންދާނެ އެވެ.އެކްސްޕޯ ކުރިއަށް ދާނީ މިއަދުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ