އޭޕްރީލް 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ގުދަނެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލްގެ ބަންދަށް އިތުރު ފަަސް ދުވަަަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.
ވީކިިހިނެއް؟ - ޔުމްނު ވެއްޓުނު މައްސަލާގައި ރައުދުު އެންމެ ފުރަތަމަ ހައްޔަރު ކުރީ، ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން މިދިޔަ މަހު 25ގަ އެވެ. އޭގެ ފަހުން އިއްޔެ އޭނާ ދޫކޮށްލުމަށް ފަހު، އާ އަމުރެއްގެ ދަށުން އަނެއްކާވެސް ވަނީ އިރުކޮޅެއް ފަހުން ހައްޔަރުކޮށްފަ އެވެ.
ރައުދު ދޫކޮށްލުމުގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 20 ދުވަސް ޖަހާފަ އެވެ. އޭނާ ދޫކޮށްލި އިރު އެ މުއްދަތު ހަމައެއް ނުވެ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ބުނީ ދެވަނަ ފަހަރަށް ރައުދު ހައްޔަރުކުރުމާ އެކު، ބަންދުގެ މުއްދަތަށް މިއަދު ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ.
މީގެ ކުރިން ކޯޓުން ހަތަރު ފަހަރެއްގެ މަތިން ރައުދުގެ ބަންދު މުއްދަތު ޖެހި އެވެ. ކޯޓުން މިހާތަނަށް ރައުދުގެ ބަންދުގެ މުއްދަތު ދީފައިވާ ގޮތަކީ:
ފުރަތަމަ 25 އޭޕްރީލްގައި ދިނީ ފަސް ދުވަސް
30 އޭޕްރީލްގައި ދިނީ 10 ދުވަސް
10 މެއިގައި ދިނީ ފަސް ދުވަސް
މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ދިނީ 20 ދުވަސް
އެނގުން މުހިންމު - ރައުދަކީ ޔުމްނު ވެެއްޓުނު އިރު އޭނާއާ އެކު ބުރުޒުމަގުގައި ހުންނަ ހ. ފެންޓެނޯއީ ގޭގެ ސިޑިމަތީގައި އުޅުނު ޒުވާނާ އެވެ. ޔުމްނު ވެއްޓުނީ އޭނާއާ އެކު އެ ގޭގެ ތެރޭގައި އުޅުމުގެ ތެރޭގަ އެވެ.
ރައުދު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ރައުދުގެ ބަންދަށް ފަސް ދުވަސް ޖަހައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ