ހެއިޑެންހައިމް ބަލިކޮށް ބަޔާނުން ލީގުގެ ފުރުސަތު ބޮޑުކޮށްފި ހެއިޑެންހައިމް ބަލިކޮށް ބަޔާނުން ލީގުގެ ފުރުސަތު ބޮޑުކޮށްފި

މިއުނިކް (އޭޕްރީލް 20) - ޖަރުމަނު ލީގުގައި ރޭ ރަށުންބޭރުގައި ހެއިޑެންހައިމް އަތުން 4-0 އިން މޮޅުވެ، ޖަރުމަނު ބުންޑަސްލީގާގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ބަޔާން މިއުނިކުން ބޮޑުކޮށްފި އެވެ.
މި މޮޅާ އެކު، ބަޔާން ވަނީ ލީގުގެ އެއް ވަަނައިގައި ނުވަ ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ. ބަޔާނަށް ވަނީ 30 މެޗުން 72 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، ބަޔާ ލެވަކޫސަން އަށް ވަނީ 29 މެޗުން 63 ޕޮއިންޓް ލިބިފަ އެވެ. ބާކީ އޮތް މެޗުތަކުން މަދުވެގެން ދެ މެޗުން މޮޅުވިޔަސް ބަޔާނަށް އަލުން ލީގުގެ ތަށި އުފުލާލެވޭނެ އެވެ.
ރަށުންބޭރުގައި ކުޅުނު ނަމަވެސް ބަޔާނުން ވަނީ ރޭގެ މެޗުގެ 36 މިިނިޓް ތެރޭގައި ތިން ގޯލުގެ ލީޑެއް ނަގައިފަ އެވެ.
ބަޔާނަށް ރޭގެ މެޗުގައި ފުރަތަމަ ގޯލު ޖަހައިދިނީ، 12 ވަނަ މިނިޓްގައި މައިކަލް އޮލީސޭ ދިން ބޯޅައަކުން ހެރީ ކޭން އެވެ. މިއީ މި ފަަހަރު ލީގުގައި ކޭން ޖެހި 24 ވަނަ ގޯލެވެ. އޭގެ ހަތް މިނިޓް ފަހުން، ސާޖް ގްނާބްރީ ދިން ބޯޅައަކުން ކޮންރަޑް ލައިމާ ވަނީ ބަޔާންގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާނުގެ ތިން ވަނަ ގޯލު ޖެހީ 36 ވަނަ މިނިޓްގައި ކިންގްސްލީ ކޯމަން އެވެ.
މެޗުގައި ބަޔާނުން ހަތަރު ވަނަ ގޯލު ޖެހީ ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 11 މިނިޓް ތެރޭގަ އެވެ. މި ގޯލު ޖެހީ ޔޯސުއާ ކިމިކް އެވެ. މި ލަނޑު ޖަހަން ކިމިކް އަށް ފުރުސަތު ހޯދައިިދިނީ ރަފަައެލް ގަރޭރޯ އެވެ.
ލީގުގެ ދެ ވަނައިގައި އޮތް ލެވަކޫސަނުން މިރޭ ޕޯލީ އަތުން މޮޅުވެއްޖެނަމަ، ބަޔާންގެ ލީޑު ހަ ޕޮއިންޓަށް ކުޑަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ