ދައުލަތަށް ދައްކަންޖެހޭ ޓެކްސް
ނުދައްކާ 146 ފަރާތެއްގެ ނަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއިން
ހާމަކޮށްފިއެވެ.
މި ފަރާތްތަކަކީ ދައްކަންޖެހޭ ޓެކުހުގެ އަދަދު 600،000
އަށް ވުރެ މަތި ފަރާތްތަކެވެ.
މިދިޔަ އަހަރުގެ
ނޮވެމްބަރު މަހާއި ހަމައަށް، ޓެކްސް ދައްކަން ޖެހޭ މުއްދަތުގައި ޓެކްސް ނުދައްކާ ފަރާތްތަކުގެ
ނަންތަށް މީރާއިން ވަނީ އާންމުކޮށްފައެވެ. މިގޮތުން، ޖުމްލަ 146 ފަރާތެއްގެ ނަން މީރާއިން
ވަނީ ހާމަކޮށްފައިވާއިރު މި ފަރާތްތަކަކީ، މުދަލާއި ޚިދުމަތުން ނަގާ ޓެކްސް ނުދައްކާ
ފަރާތްތަކެވެ. މި ފަރާތްތަކުން ސީދާ ދައްކަންޖެހޭ ޓެކުހުގެ އަދަދެއް މީރާއިން އާންމުކޮށްފައެއް
ނުވެއެވެ.
Advertisement
ޓެކްސް ބަޔާން
ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލުގެ ދަށުން މީރާއިން
އެ ކުންފުނިތަކުގެ ލިސްޓު އާންމުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި ލިސްޓުގައި
ރާއްޖޭގައި ހޯލްސޭލް ވިޔަފާރި ކުރާ ކުންފުތިކާއި، މަޝްހޫރު އުޅަނދު ވިއްކާ ވިޔަފާރިތައް
ފަދަ ތަންތަންވެސް ހިމެނެއެވެ.
މީރާއިން
ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރަނީ އެ ފަރާތްތަކުގެ ނަން ހާމަކުރުމުގެ ކުރިން
ފައިސާ ދެއްކުމަށް ތަކުރާރުކޮށް ހަނދާންކޮށްދީ ތަފާތު ނޯޓިސްތައް ފޮނުވައި އިތުރު މުއްދަތުތަކާއި
ފުރުސަތުތައް ވެސް ދިނުމަށް ފަހުއެވެ. އަދި އުސޫލުގެ ތެރެއިން ތަފާތު އެކި ލުއިތައް
އެފަރާތްތަކަށް ފަހިކޮށްދެއެއެވެ.
އެ ފަރާތްތަކަށް
އެއްފަހަރާ ފައިސާ ދެއްކެން ނެތްނަމަ އިންސްޓޯލްމަންޓު އުސޫލުން ބަހާލައިގެން ފައިސާ
ދެއްކުމުގެ އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ވެސް މީރާއިން ދެއެވެ. މިގޮތަށް އެއްބަސްވުންތައް
ހަދާ ފަރާތްތަކުން ފައިސާ ދައްކާނަމަ ތަންފީޒީ އިތުރު ފިޔަވަޅުތައް ނާޅާނެ ކަމުގެ ޔަގީންކަން
ވެސް މީރާއިން ދެއެވެ.
ޓެކްސް ދެއްކުމުގައި
ލުއިތަކެއް ދިނުމަކީ ޓެކްސް ދައްކާ މިންވަރު އިތުރުވާ ކަމެއްކަމަށް މީރާއިން
ފާހަގަކުރެއެވެ. އަދި އެއޮތޯރިޓީއިން ވަނީ ލުއިތައް ދިން ނަމަވެސް، ދުރާލާ ޓެކްސް ބަޔާންތައް
ހުށަހެޅުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.
ޓެކްސް ނުދައްކާ 146 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ