މެލޭޝިއާގައި ދިވެއްސަކު ގެއްލިގެން ހޯދަނީ

މެލޭޝިއާގައި ދިރިއުޅޭ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ތަފްސީލް - ގެއްލިގެން ހޯދަމުންދާ މީހާގެ އާއިލާއިން ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވާ ގޮތުން އޭނާ އެންމެ ފަހުން ހަބަރެއްވީ އިއްޔެ މެލޭޝިއާ ގަޑިން ހަވީރު ތިނެއް ޖަހާއިރެވެ.
ގެއްލިގެން ހޯދަނީ އަހުމަދު އުސައިދު އިބްރާހީމް އަފީފް ނަމަކަށް ކިޔާ މީހެކެވެ. 
ބުނީ ކީކޭ ؟ - ފޮރިން މިނިސްޓްރީން ބުނީ މެލޭޝިއާގެ ހައި ކޮމިޝަނުން ދިވެއްސެއް ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް އެ މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ.
"ދިވެއްސެއް ގެއްލިގެން އުޅޭ ޚަބަރު ވަނީ މިނިސްޓްރީއަށް ލިބިފައެވެ. މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ދަނީ މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެފަރާތް ހޯދުމުގެ މަސައްކަތް ކުރަމުން،" ފޮރިން މިނިސްޓްރީން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ