ފިޝަރީޒް އެންޑް އޯޝަން ސައިންސަސް ކޮލެޖުގެ އައުޓްރީޗް ކެމްޕަހެއް ގއ. ކޮލަމާފުށީގައި ގާއިމު ކުރުމުގެ އެއްބަސްވުމެއްގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި ކޮލަމާފުށި ކައުންސިލާ ދެމެދު ސޮއިކޮށްފި އެވެ.
ފިޝަރީޒް އެންޑް އޯޝަން ސައިންސަސް ކޮލެޖުގެ އައުޓްރީޗް ކެމްޕަހެއް ކޮލަމާފުށީގައި ގާއިމު ކުރުމުގެ އެއްބަސްވުމުގައި އެ ރަށު ކައުންސިލާއި ގައުމީ ޔުނިވާސިޓީއާ ދެމެދު ސޮއިކުރީ މިދިޔަ ފެބްރުއަރީ 25، ގަ އެވެ.
ކޮލަމާފުށި ކައުންސިލުން ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކެމްޕަސް ގާއިމު ކުރުމުން އެ ރަށަށް ގިނަގުނަ ފައިދާތަކެއް ވާނެ ކަމަށެވެ.
"މީގެ [ކެމްޕަސް ގާއިމު ކުރުމުން] ސަބަބުން މަސްވެރިކަމާ ގޅޭ ތައުލީމު ހާސިލު ކުރުމަށް އެކި ހިސާބުތަކުން ކޮލަމާފުށްޓަށް ޒިޔާރަތް ކުރާ ފަރާތްތައް އިތުރުވެ، ކޮލަމާފުށީ ކައުންސިލުން ފަށާފައިވާ ރަށު ފަތުރުވެރިކަން ކުރި އެރުވުމުގެ މަސައްކަތަށް ވެސް އިތުރު ހިތްވަރެއް ލިބިގެން ދާނެ އެވެ،" ކޮލަމާފުށި ކައުންސިލުގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.
ކޮލަމާފުށީގައި ފިޝަރީޒް އެންޑް އޯޝަން ސައިންސަސް ކޮލެޖުގެ އައުޓްރީޗް ކެމްޕަހެއް ގާއިމު ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅުމެއް ގައުމީ ޔުނިވާސިޓީއަށް ހުށަހެޅީ އެ ރަށު ކައުންސިލުންނެވެ. އެ ރަށުގައި އެ ކެމްޕަސް ގާއިމު ކުރުމަށް ގައުމީ ޔުނިވާސިޓީން ނިންމީ އެ ހުށަހެޅުން ދިރާސާ ކުރުމަށްފަހު އެވެ.
ގއ. ހިމެނޭހެން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަކީ މަސްވެރިކަމުގެ ސިނާއަތުގައި އެންމެ ގިނަ މީހުން ހަރަކާތްތެރިވާ ހިސާބުގަނޑެވެ. އެ ސަރަހައްދަކީ އެންމެ ރަނގަޅަށް ރާއްޖޭގައި މަސްވެރިކަން ކުރާ ހިސާބު ވެސްމެ އެވެ.
މުޅި ރާއްޖޭގެ ނިސްބަތުން ބަލާއިރު ވެސް އެންމެ ގިނަ މީހުން މަސްވެރިކަމުގައި ހަރަކާތްތެރިވަނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގަ އެވެ.
ފިޝަރީޒް އެންޑް އޯޝަން ސައިންސަސް ކޮލެޖުގެ ކެމްޕަހެއް ކޮލަމާފުށީގައި ގާއިމު ކުރަނީ ފިޝަރީޒް އެންޑް އޯޝަން ސައިންސަސް ކޮލެޖުގެ ކެމްޕަހެއް ކޮލަމާފުށީގައި ގާއިމު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ