ސައުދީން ރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ހަދިޔާކޮށްފި
ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު މިއަދު ހަދިޔާކޮށްފިއެވެ. މި ކަދުރު ހަދިޔާކުރެއްވީ ސައުދީގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދައުވާ އެންޑް ގައިޑެންސްއިންނެވެ. މި ކަމަށްޓަކައި މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ކަދުރާ ހަވާލުވެލެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާ އެމްބަސީގެ އިސްވެރިން ވެސް ބައިވެރިވެލެއްވިއެވެ. ސައުދީން އިތުރު 10 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްދެއްވީތީ، މިނިސްޓަރު ޝަހީމްވަނީ ސައުދީގެ އިސްލާމިކް އެފެއާޒް މިނިސްޓްރީއަށް ޝުކުރު އަދާކުރައްވައިފައެވެ. ސައުދީ ސަރުކާރުން ވަނީ މި އަހަރު ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ. މިއަދު ހަދިޔާކުރި 10 ޓަނު ކަދުރަކީ އޭގެ އިތުރަށް ހަދިޔާކުރި ކަދުރެވެ. ކޮންމެ ރަމަޟާންމަހަކާ ދިމާކޮށް ވެސް ސައުދީ ސަރުކާރުން ރާއްޖެއަށް ކަދުރު ހަދިޔާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ