މޫސުން އަލިކޮށްލައި ކަނޑުތައް މަޑުވެއްޖެ

މި ދެތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ގަދައަށް ވިއްސާރަކުރުމަށް ފަހު އަލިކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - އިއްޔެ އާއި އޭގެ ކުރީ ދެ ދުވަހު، ރާއްޖޭގެ އެކި ހިސާބުތަކަށް ރެކޯޑު މިންވަރަކަށް ބޯކޮށް ވާރޭ ވެހި، ބައެއް ރަށްރަށުގައި ފެންބޮޑުވެ، ގެތަކަށް ވެސް ފެން ވަދެ ގެއްލުން ވިއެވެ. ހާއްސަކޮށް ކ. ދިއްފުއްޓަށް ވަނީ މިދިޔަ 30 އަހަރުގެ ތެރޭގައި ނާންނަ ވަރުގެ ކެރިގަނޑެއް އައިސްފަ އެވެ.
އަދި ކަނޑުތައް ގަދަވެ، ދެ ލޯންޗެއް އަޑިއަށް ދިޔަ އެވެ.
ބުނީ ކީކޭ؟ - މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އޮފީހުން ބުނި ގޮތުގައި، މިހާރު ވަނީ ވިއްސާރަ އަލިކޮށްލާފަ އެވެ. އެކަމަކު މާލެ އާއި މެދުރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް ކެރިކޮޅެއް އައިސްދާނެ ކަމަށް ބުންޏެވެ.
"ކަނޑުތައް ވެސް އެހާ ގަދައެއް ނުވާނެ،" މެޓު އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.
"ދަތުރުކުރެވޭ ވަރަށް މިހާރު މަޑުވާނެ. ކުރިއަށް ފަސް ދުވަހަށް މޫސުން އޮތީ ރީތިކޮށް."
އެނގުން މުހިއްމު - މެޓު އޮފީހުން ބުނިގޮތުގައި އިއްޔެ ރާއްޖެއަށް ކުރީ މި ސަރަހައްދުގައި އުފެދެމުން ދިޔަ ސާކިއުލޭޝަނެއްގެ ސަބަބުން ކުރި ވިއްސާރަ އެކެވެ. ކުއްލިއަކަށް އަންނަ މި ފަދަ ވިލާގަނޑުތަކުގެ މައިގަނޑު އަސްލެއްގެ ގޮތުގައި މޫސުމީ ތަޖުރިބާކާރުން ގަބޫލު ކުރަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ