މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް ރޯދަމަހުގެ ކަރަންޓާއި ފެން ބިލުން ޑިސްކައުންޓު ދޭން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިރޭ އެ އަތޮޅު ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ރޯދަމަހާ ގުޅުވާ ސަރުކާރުން ކޮށްދޭ ކަންކަމާ ގުޅުވައިގެން ދޮގު ހަބަރު ފަތުރާ ކަމަށް ވިދާޅުވެ ހިތާމަ ފާޅުކުރައްވައިފަ އެވެ.
އެގޮތުން، މި އަހަރު ކޮންމެ ގޭބިސީއަކަށް ބަހާ މަސްދަޅާ ގުޅުވައިގެން އެތައް ދޮގެއް ހަދާފައިވާ ކަމަށް އެމަނިކުފާނު މިރޭ ވިދާޅުވި އެވެ. އެގޮތުން ހެދި ދޮގުތައް ފަޅާއެރުމުން މިހާރު އިދިކޮޅު ފަރާތްތަކުން ދައްކަނީ މަސް ދަޅަށް ދިޔަ ހަރަދު ހޯދަން ސަރުކާރުން ކަރަންޓު ބިލު ބޮޑުކުރަން އުޅޭ ވާހަކަ ކަމަށް ވެސް އެމަނިކުފާނު މިރޭ ވިދާޅުވި އެވެ.
"އަޅުގަނޑު މި ވާހަކަ ކުރިންވެސް ވާނީ ދަންނަވާފަ. ޑިސެމްބަރު 8، 2024 ގަ އއ. މަތިވެރީގަ ރައްޔިތުންނާ ބައްދަލުކޮށްފަ އަޅުގަނޑު ދެންނެވިން. ކުރިން ރަމަޟާން މަހު ދިން ގޮތަށް މިފަހަރުވެސް ރަމަޟާން މަހު ކަރަންޓު ބިލުންނާއި ފެން ބިލުން ޑިސްކައުންޓު ދޭނަމޭ. ހަމަ އެކަން އެގޮތަށް ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވި އެވެ.
މި ވާހަކައަށްފަހު ރައީސް ވަނީ ދޮގު ހެދުމުގެ ނުބައި ކަމާއި މީހަކު ދޮގެއް ހަދައިފި ނަމަ އެކަމުގެ ތެދު ހޯދުމަކީ އާންމުންގެ ވާޖިބެއް ކަމަށް ވިދާޅުވެ ވަރަށް ދިގުކޮށް ވާހަކަދައްކަވާފަ އެވެ.
ރައީސް މުއިއްޒު މި ވައުދު މި އަހަރަށް ތަކުރާރުކުރައްވާފައި ވާއިރު މިދިޔަ
މި އަހަރު ވެސް ރޯދަ މަހުގެ ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓު ދެނީ މި އަހަރު ވެސް ރޯދަ މަހުގެ ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓު ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ