މެޓުން ބުނީ މާދަމާ އިން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ބެލެވޭތީ، ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސް ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.
މެޓުން ބުނީ މާދަމާ އިން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެ ސަރަހައްދުގެ ބައެއް ރަށްރަކަށް އުދަ އަރައިފާނެ ކަމަށާއި، ބައެއް ރަށްރަށަށް ގުގުރުމާއެކު ވިއްސާރަ ކޮށްފާނެ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފަ އެވެ."ވީމާ ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ދަންނަވަން،" މެޓުން ބުންޏެވެ.
މެޓް އޮފީހުން މައުލޫމާތު ދިން ގޮތުގައި މިއަހަރު ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށިފައި ވަނީ މިމަހުގެ ހަތްވަނަ ދުވަހު އެވެ. އަދި މެދުރާއްޖެތެރެއަށް މިމަހުގެ 12 ވަނަ ދުވަހު ފެށިފައިވާއިރު، އެންމެ އުތުރަށް ހުޅަނގު މޫސުން ފެށުނީ މިމަހުގެ 21 ވަނަ ދުވަހު އެވެ.ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ މީލާދީ ގޮތުން ބަލާއިރު ގާތްގަނޑަކަށް ޖެނުވަރީ މަހުން ފެށިގެން މާޗު މަހުގެ ނިޔަލެވެ. ހުޅަނގު މޫސުމަކީ މޭމަހުން ފެށިގެން ގާތްގަނޑަކަށް ނޮވެމްބަރު މަހުގެ ނިޔަލެވެ.މެޓުން ބުނީ އޭޕްރީލް މަހާއި ޑިސެމްބަރު މަހަކީ އާންމު ގޮތެއްގައި ދެ މީހުން ބަދަލުވާ ދުވަސްވަރު ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ހުޅަނގު މޫސުން ފެށިއްޖެ، ކުރިއަށް އޮތް 5 ދުވަސް މޫސުން ގޯސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ