އައިއެސް އެންޓަޕްރައިސް ޕްރައިވެޓް ލިމިޓެޑު ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކަށް 9.9 މިލިއަން ރުފިޔާ ދައްކަން ފެނަކައިގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލަ އަކީ އައިއެސް އެންޓަޕްރައިސަސް އާއި ފެނަކަ އާއި ދެމެދު ވެވިފައިވާ އެއްބަސްވުންތަކުގެ މަތިން ފޯރުކޮށްދިން މުދަލަށް ފައިސާ ދައްކަން ފޮނުވި 27 އިންވޮއިސްއަކަށް ފައިސާ ނުލިބިގެން ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
ފެނަކައިން ވަނީ މި ދައުވާއަށް އިންކާރުކޮށްފަ އެވެ. އެ ކުންފުނިން ކޯޓުގައި ބުނީ މި މައްސަލައިގައި ކަންހިނގާފައިވާ ގޮތް ކަމަށް އައިއެސް އިން ބުނާ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަަމަށެވެ. މިހެން ބުނެ ފެނަކައިން އެދުނީ އައިއެސް ކުންފުނިން ހޯދަން އެދިފައިވާ ފައިސާއަކީ ނަގައި ނުދެވޭނެ ފައިސާކަން ކަނޑައަޅައިދިނުމަށެވެ.
ފަހުން ފެނަކައިން ވަނީ މި މައްސަލައިގައި ހޯދަން އެދިފައިވާ 10 މިލިއަން ރުފިޔާގެ ތެރެއިން, އަށް މިލިއަން ދައްކަން ޖެހޭ ކަމަށް އެއްބަސްވެފަ އެވެ. ބާކީ ދެ މިލިއަން ރުފިޔާ ދައްކަން ނުޖެހޭ ސަބަބެއް ކަމަށް ބުނީ އައިއެސްއިން ބުނި ތާރީހަށް މުދާ ފޯރުކޮށްދީފައި ނެތުމެވެ.
ނަމަވެސް ފެނަކައިގެ ފަރާތުން މި ކަމާއި ގުޅޭ އެއްވެސް ހެއްކެއް ކޯޓަށް ހުށަހަޅާފައި ނުވެ އެވެ. އެހެންވެ ކޯޓުން ނިންމާފައިވަނީ ފެނަކައިން އެދުނު ގޮތަށް އެއްވެސް ފައިސާއެއް އުނިކޮށްދެވެން ނެތް ކަމަށެވެ.
ކޯޓުގެ ހުކުމުގައި ވަނީ މި މަސް ނިމުމުގެ ކުރިން ފެނަކައިން އައިއެސް އެންޓަޕްރައިސްއަށް 9.9 މިލިއަން ރުފިޔާ ދައްކަން އަންގާފަ އެވެ.
އަމިއްލަ ކުންފުންޏަކަށް 9.9 މިލިއަން ރުފިޔާ ދައްކަން ފެނަކައިގެ މައްޗަށް ހުކުމެެއް އަމިއްލަ ކުންފުންޏަކަށް 9.9 މިލިއަން ރުފިޔާ ދައްކަން ފެނަކައިގެ މައްޗަށް ހުކުމެެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ