ދިވެހި ބަހުގެ ދާއިރާއިން ޕީއެޗްޑީ ހެއްދެވި ފުރަތަމަ ބޭފުޅަކަށް، ޑރ. އައިމިނަތު ޒާހިރު ވެވަޑައިގެންފި އެވެ. 
ވީ ކިހިނެއް؟- ގައުމީ ޔުނިވަސިޓީއިން 2019 ވަނަ އަހަރު ފެށި މި ޕީއެޗްޑީ ޕްރޮގްރާމް ފުރިހަމަ ކުރައްވައި، އައިމިނަތު ސަނަދު ނެންގެވީ އިއްޔެ އެވެ. އެއާއެކު އޭނާ ވެވަޑައިގެންފައިވަނީ ދިވެހި ބަހުގެ ދާއިރާއިން މިހާ މައްޗަށް ކިޔަވާ ވަޑައިގެން ފުރަތަމަ ބޭފުޅާއަށެވެ. 
ގއ. ދާންދުއަށް ނިސްބަތްވެ ވަޑައިގެންނަވާ، ކުރީގެ ދިވެހި މުދައްރިސް  އޭނާގެ ޕީއެޗްޑީ ތީސީސް ވެސް ލިޔުއްވާފައިވަނީ ދިވެހި ބަހުންނެވެ. 'ދިވެހި ބަހުގެ ސިޔާސަތާއި ދިވެހި ބަހުގެ ރޭވުން އެކުވިދާތުގެ ވޭދަނަ ދިރާސާ'ގެ ނަމުގައި އޭނާ ތީސީސް ބިނާ ކުރެއްވީ ދިވެހި ބަހުގެ ސިޔާސަތާއި ރޭވުންތެރިކަން އިތުރުކުރުމުގެ ގޮތުންނެވެ. 
ގައުމީ ޔުނިވަސިޓީގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އައިމިނަތު ޒާހިރު، ދިވެހި ބަހުން ޑިގްރީ ހާސިލް ކުރައްވާފައިވަނީ 2009 ވަނަ އަހަރު އެވެ. 
އިއްޔެ ހެނދުނު ބޭއްވި ގައުމީ ޔުނިވަސިޓީގެ   ދަސްވެނިވުމުގައި ވާހަކަ ދައްކަވަމުން، ޔުނިވަސިޓީގެ ވައިސް ޗާންސެލަރު، ޑރ. އާއިޝަތު ޝެހެނާޒު ވިދާޅުވީ މިއީ ހަމައެކަނި ތައުލީމީ ކާމިޔާބީއެއް ނޫން ކަމަށާއި ދިވެހި ބަހަށާއި ސަގާފަތަށާއި އާދަކާދައަށް ކުރާ އިހްތިރާމެއް ކަމަށެވެ. އަދި މިއީ މުޅި ގައުމަށް ވެސް ލިބުނު ފަހުރެއް ކަމަށް ވިދާޅުވި އެވެ. 
އައިމިނަތު ޒާހިރު ހޯއްދެވި ކާމިޔާބީއަށް ދިވެހި ބަހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވެސް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.
    
    ދިވެހި ބަހުގެ ފުރަތަމަ ޕީއެޗްޑީ ޑރ. އައިމިނަތު ޒާހިރަށް
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
            