އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ބޯޑަށް ބީއެމްއެލްގެ ޗީފް އިސްލާމިކް ބޭންކިން އޮފިސަތު ހަސަން ކަލާމް މިއަދު އައްޔަން ކޮށްފި އެވެ.
ވީ ކިހިނެއް؟ - ކަލާމް އެސްޑީއެފްސީގެ ބޯޑަށް އައްޔަން ކުރީ ނަން އެގްޒެކްޓިވް ޑިރެކްޓަރެއްގެ ގޮތުގަ އެވެ.
އެނގުން މުހިއްމު - އެސްޑީއެފްސީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ވިއްކާލަން ވަޒީރުންގެ މަޖިލީހުން ވަނީ މިދިޔަ ޖުލައި މަހު ނިންމާފަ އެވެ.
ތަފްސީލް - ކަލާމް އަކީ ފައިނޭންޝަލް ސާވިސަސް އަދި ބޭންކިން ދާއިރާގައި 13 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
އޭނާ ވަނީ ބީއެމްއެލްގެ އިސްލާމިކް ބޭންކިން ހިދުމަތްތައް
ކުރިއެރުވުމަށް މުހިންމު ދައުރެއް އަދާކުރައްވާފައި
ކަލާމް އަކީ ލައިސަންސްޑް ޝަރީއާ އެޑްވައިޒަރެއް
ކަލާމް ވަނީ
މެލޭޝިޔާގެ އިންޓަނޭޝަނަލް ސެންޓަ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް އިން މާސްޓަސް ޑިގްރީ އިން އިސްލާމިކް ފައިނޭންސް
ހާސިލުކުރައްވާފަ އެވެ.
ކަލާމް އަކީ ޗާޓަޑް އިންސްޓިޓިއުޓް އޮފް އިސްލާމިކް
ފައިނޭންސް ޕްރޮފެޝަނަލްސްގެ ސީނިއާ އެސޯސިއޭޓް މެންބަރެއްވެސްމެ އެވެ.
އެނގުން މުހިއްމު - މި ބަދަލާއެކު މިހާރު އެސްޑީއެފްސީގެ ބޯޑުގައި ތިއްބަވަނީ
މުހައްމަދު ޝަރީފް،
މ. އިފާއު
ބަދުރުއްދީން ހަސަން، ހިކިފިނިފެންމާގެ، ހދ. ކުޅުދުއްފުށި
ފާތިމަތު ފާރިހަތު ވަހީދު، ގ. މާވެހި
ހަސަން ކަލާމް، ގ. ގުޑް ލައިފް
ފާތިމަތު އަޒްމާ، ނާސަރީ، މިސްކިތްމަގު، ޏ. ފުވައްމުލައް
އަހްސަލް މުހައްމަދު، ބަޝީމާގެ، ހއ. ހޯރަފުށި
ފާތިމަތު ޔަމްނާ، އަލިމަސްވިލާ، ސ. މީދޫ
އެސްޑީއެފްސީގެ ބޯޑަށް ކަލާމް އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ