އެޑްވަޓޯރިއަލް: މަގުބޫލު ބްރޭންޑުތަކުގެ އަންނައުނާއެކު، ރޭވާ މޯލްޑިވްސް ހުޅުވައިފި
މަގުބޫލު ބްރޭންޑުތަކުގެ އަންނައުނާ އެކު، ރޭވާ މޯލްޑިވްސް ފިހާރަ ރޭ ހުޅުވައިފިއެވެ. ސަބުދެރިޔާ މަގުގައި ހުންނަ ރޭވާ މޯލްޑިވްސް ހުޅުވީ، މަޝްހޫރު ޓޫ އޮފް އަސް ބޭންޑުގެ ލައިވް މިއުޒިކާއެކު ބޭއްވި ކުލަގަދަ ހަފުލާއެއްގައެވެ. ރޭވާ މޯލްޑިވްސް: ފިހާރަ ހުޅުވައިފައިވަނީ ކުލަގަދަ ހަފުލާއަކުން -- ސަން ފޮޓޯ/ މޫސާ ނަދީމް އެ ފިހާރައިން ހެދުމާއި، ޖިންސާއި، ޝޯލްއާއި އަތްދަބަހާއި އެކި ވައްތަރުގެ ގަހަނާ ވެސް ލިބެން ހުންނާނެއެވެ. ރޭވާ މޯލްޑިވްސްއިން ލިބެން ހުންނަ މަޝްހޫރު ބްރޭންޑުތަކުގެ ތެރޭގައި 'އެޗް އެންޑް އެމް'އާއި 'ޔުނިކްލޯ'އާއި 'ޒާރާ' ހިމެނެއެވެ. ރޭވާ މޯލްޑިވްސް: ތަފާތު ބްރޭންޑުތަކުގެ އަންނައުނު ލިބެން ހުންނާނެ -- ސަން ފޮޓޯ/ މޫސާ ނަދީމް ރޭވާ މޯލްޑިވްސްގެ އެންމެ ޚާއްސަ އެއް ކަމަކީ، ޒަމާނީ ހެދުމެކޭ އެއްގޮތަށް ސަގާފީ ދިގު ހެދުން ވެސް އެ ފިހާރައިން ލިބެން ހުރުމެވެ. އެގޮތުން, އެކި ޑިޒައިން ދިގު ހެދުން ލިބެން ހުންނައިރު، ރޭވާއިން އެ މީހަކަށް ހެދުން ހެޔޮވަރު ވެސް ކޮށްދޭނެއެވެ. މީގެ އިތުރުން, ރޭވާ މޯލްޑިވްސްއިން ސްޓައިލިޝް އަވިއައިނާއި، އެކި މުނާސަބަތުތަކުގައި އެރޭނެ ފައިވާން ވެސް ލިބެން ހުންނާނެއެވެ. ރޭވާ މޯލްޑިވްސް: އެކި މުނާސަބަތުތަކުގައި ބޭނުންކުރެވޭނެ ދަބަސް ވެސް ލިބޭނެ -- ސަން ފޮޓޯ/ މޫސާ ނަދީމް ރޭވާ މޯލްޑިވްސްގެ ހަރުތައް ފުރާލައިފައިވަނީ އަންހެނުންނަށް ކަމުދާނެ ފަދަ އެކި އަންނައުނާއި، އެކްސެސަރީތަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ