އުރީދޫ ފަންރަންގައި ބައިވެރިވާ ކުޑަކުދިންނަށް ސޯސަން ފިހާރައިން ޔޯގަޓް ހަދިޔާކުރަނީ

އުރީދޫ މޯލްޑިވްސްހެ ފަންރަންގައި ބައިވެރިވާ ކުޑަކުދިންނަށް ސޯސަން ފިހާރައިން ޔޯގަޓް ހަދިޔާކުރުމަށް ނިންމައިފިއެވެ.
އުރީދޫއިން ބުނީ ފަންރަންގައި ބައިވެރިވާ ކުޑަކުދިންނަށް ސޯސަން ފިހާރައިގެ ފަރާތުން ހިލޭ ޕެސްކަލް ޑްރިންކިންގ ޔޯގަޓް ދިނުމަށް ނިންމާފައިވާކަމަށެވެ. ސޯސަން ފިހާރައަކީ މިފަހަރު އުރީދޫ ފަންރަންގެ ޕާޓްނަރެކެވެ.
ޕާސްކުއަލް ޔޯގަޓް ޑްރިންކް 188 އެމްއެލް އަކީ ކުޑަކުދިންނަށް ފަސޭހައިން ބޯލެވޭގޮތަށް ތައްޔާރުކޮށްފައި ހުންނަ ޔޯގަޓް ފުޅިއެކެވެ. މިއީ ޔޫރަޕްގެ މަޝްހޫރު ޕަސްކުއަލް ކިރުން ތައްޔާރުކޮށްފައިވާ ބުއިމެކެވެ. މި ވައްތަރުގެ ޔޯގަޓް 188 އެމްއެލް ސައިޒުގެ ފުޅީގައި ޕްލެއިން، ބަނާނާ އަދި ސްޓްރޯބެރީ ފްލޭވާ ހުރެއެވެ.
މި ވައްތަރުގެ ޔޯގަޓަކީ ހެނދުނުގެ ނާސްތާގައި ގްރެނޯލާ އާއި އެކު ނުވަތަ ކަސްރަތު ކުރުމަށްފަހު ރިފްރެޝްމަންޓެއްގެ ގޮތުގައި އަދި އަވަސް ނާސްތާއަކަށް ވެސް ބޭނުންކުރުމަށް އެކަށޭނެ އުފެއްދުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ