ހެޔޮ ޢަމަލުތައް ކުރަމުން އެހެން މީހުންނަށް ހެޔޮ ޢަމަލުކުރަން ހަނދާންކޮށްދިނުމަކީ ދެއްވަވާ ބޯނަސް ގިނަވެ ސުވަރުގެ ލިބުން ފަސޭހަވެގެންދާނެ ކަމެކެވެ. އިން ޝާ ﷲ. ކުރާ ކޮންމެ ހެޔޮކަމަކަށްވެސް ޘަވާބު ދެއްވަވާނެތެވެ. މަސައްކަތްކުރަންވީ އިތުރު ބޯނަސް ހޯދާށެވެ. އެެހން މީހުންނަށް ހެޔޮ ޢަމަލުކުރަން ހަނޑާންކޮށްދޭންވީ އެބޯނަސް ލިބިގަތުމަށެވެ.
އަހަރެމެން ހުރިހާ މުސްލިމުންގެވެސް އެންމެ ބޮޑު ބޭނުމަކީ ސުވަރުގެ ވަނުމެވެ. އެކަމަށްވުރެ ބޮޑަށް ބޭނުންވާ ހަމައެއްވެސް ކަމެއް އެއްވެސް މުސްލިމަކަށް ނުވެއެވެ. ސުވަރުގެ ވަނުމަށްޓަކައި ނުވާނެ އެއްވެސް ޤުރްބާނީއެއްވެސް އޮންނާނެ ކަމަކަށް ޤަބޫލެއް ނުކުރަމެވެ. އެހެންކަމުން ސުވަރުގެ ވައްދަވާނެ ޢަމަލުތަކުގެ ވާހަކައަކީ ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ޝައުޤުވެރިވާނެ ވާހަކަތަކެވެ.
އެހެންކަމުން ފަށަމުން ފުރަތަމަވެސް ބުނަން އޮތީ ސުވަރުގެ އެދޭ މީހާ އެއްވެސް ހެޔޮކަމެއް ނުކޮށް ދޫކޮށް ނުލުމަށެވެ. ކުރަން ފުރުޞަތުލިބޭ ކޮންމެ ހެޔޮކަމެއް ކުރުމަށެވެ.
އެކަން ބަޔާންކުރެއްވެވި ޙަދީޘްފުޅުގައި ކުރަން އަންގަވާފައި އޮތީ ދެ ކަމެކެވެ. ފުރަތަމަ ކަމަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބޭ އަޅަކަށްވުމެވެ. ދެން އޮތީ ޚުލްޤް ރަނގަޅު ރިވެތި އަޚްލާޤްގެ ވެރިއަކަށްވުމެވެ. އެކަން ޙާޞިލުކުރެވޭނީ ﷲ ތަޢާލާ އުފެއްދެވި މީސްތަކުންނަށް އިޙްތިރާމްކޮށް ވެވުނު ވަރަކުން އެހީތެރިކަން ފޯރުކޮށްދޭ މީހަކަށް ވެގެންނެވެ.
ހަމައެއާއިއެކު ހަނދާންކުރާށެވެ! މީސްތަކުންނަށް ހެޔޮ ޢަމަލުކުރަން ހަނދާންކޮށްދީ ޝިރުކުކުރުމާއި ދުރުހެލިވާން ހަނދާންކޮށްދިނުމަކީވެސް ސުވަރުގެ ވަނުމަށް އޮތް އެންމެ ފަހި އެއް މަގެވެ. އަދި ކީއްހެއްޔެވެ؟ އެންމެ ގިނަ ބައަކު ސުވަރުގެ ވައްދަވާ އެއްކަމަކީ ރިވެތި އަޚްލާޤެވެ. މީސްތަކުންނަށް ހެޔޮކޮށްހިތައި ރިވެތި ގޮތުގައި މުޢާމަލާތުކުރުމެވެ.
- މުފްތީ މެންކުގެ ދަރުސަކުން
ހެޔޮ ޢަމަލުތައް ކުރަމުން އެހެން މީހުންނަށް ހެޔޮ ޢަމަލުކުރަން ހަނދާންކޮށްދިނުމަކީ ދެއްވަވާ ބޯނަސް ގިނަވެ ސުވަރުގެ ލިބުން ފަސޭހަވެގެންދާނެ ކަމެއް! އިން ޝާ ﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ