އައިއޯއެސް 26 އާ ފީޗާތަކަކާއެކު މިއަދު ނެރެނީ
ތިން މަސްދުވަހުގެ ބީޓާ ޓެސްޓިންއަށްފަހު، އައި.އޯ.އެސް 26 މިއަދު (ސެޕްޓެމްބަރު 15 ވާ ހޯމަ ދުވަހު) ނެރޭނެކަމަށް ރިޕޯޓްތައް ބުނެފިއެވެ. އެޕަލްއިން އާންމުކޮށް އައި.އޯ.އެސް އަޕްޑޭޓްތައް ރިލީޒްކުރަނީ ކެލިފޯނިއާ ގަޑިން ހެނދުނު 10:00 އަށް ކަމަށްވާއިރު، މިއަދުގެ އަޕްޑޭޓްތައް ފޯންތަކަށް ލިބޭނެކަމަށް ބެލެވެނީ ރާއްޖޭ ގަޑިން ރޭގަނޑު 10:00 ނުވަތަ 11:00 އެހާކަންހާއިރެވެ. މި އަޕްޑޭޓް އައިފޯން 11 ސީރީޒްއާއި އޭގެ ފަހުގެ މޮޑެލްތަކަށް ލިބިގެންދާނެއެވެ. މިއީ ސެޓިންގްސް އެޕްލިކޭޝަން މެދުވެރިކޮށް، ޖެނެރަލް → ސޮފްޓްވެއާ އަޕްޑޭޓް އިން އިންސްޓޯލް ކުރެވޭނެ އަޕްޑޭޓެކެވެ. ބައެއް ފީޗާތައް ލިބިގެންދާނީ ހަމައެކަނި އައިފޯންގެ އައު މޮޑެލްތަކަށެވެ. އައިއޯއެސް 26ގައި ނެރޭ ޚާއްސަ އެއް ފީޗާ ލިކުއިޑް ގްލާސް - އައި.އޯ.އެސް 26 އިން ތަޢާރަފްކުރާ އާ ލިކުއިޑް ގްލާސް ޑިޒައިންއަކީ ޓްރާންސްލޫސެންޓް މެނޫތަކާއި، ބަޓަންތަކާއި، އައިކަންތަކާއެކު ތަފާތު ތަޖުރިބާއެއް ހޯދައިދޭނެ އެއްޗެކެވެ. އެޕަލްއިން މިކަން ސިފަކޮށްފައިވަނީ އާ ޓްރާންސްލޫސެންޓް މެޓީރިއަލްއެއްގެ ގޮތުގައެވެ. އައި.އޯ.އެސް 26 ގައި ލޮކް ސްކްރީންގެ ގަޑި އޭގެ ޒާތުގައި ހުސްޖާގަ ފުރުމަށް ބަދަލުވެއެވެ. އަދި އެޕަލް މިއުޒިކްގެ ލަވަތަކަށް ފުލް-ސްކްރީން އެނިމޭޓެޑް އަލްބަމް އާޓް ބަލާލެވޭނެއެވެ. މެސެޖްސް އެޕްލިކޭޝަންގައި ވެސް ގިނަ އައުކަންތައްތަކެއް ވަނީ ތަޢާރަފްކުރެވިފައެވެ. ކޮންމެ ކޮންވާސޭޝަންއަކަށްވެސް ބެކްގްރައުންޑެއް އިތުރުކުރެވޭނެއެވެ. ގްރޫޕް ޗެޓްތަކުގައި ޕޯލް ހަދައި، މީހުންނަށް ވޯޓުދެވޭނެއެވެ. އަދި ގްރޫޕް ޗެޓްތަކުގައި އެޕަލް ކޭޝް ފޮނުވައި ލިބިގަނެވޭނެއެވެ. ގްރޫޕް ޗެޓްތަކުގައި ޓައިޕްކުރަނީ ކާކުކަން ވެސް ބަލާލެވޭނެއެވެ. މީގެ އިތުރުން "އެޑް ކޮންޓެކްޓް" ބަޓަންއަކުން ގްރޫޕް ޗެޓްތަކަށް މީހުން އެޑްކުރުން މިހާރު ފަސޭހަވެއްޖެއެވެ. މެސެޖެއްގެ ބަބްލްއެއްގައި ހިފާލުމުން، މެސެޖެއްގެ ވަކި ބަޔެއް ސެލެކްޓްކުރެވޭނެއެވެ. އަންނޯން ސެންޑާ ސްކްރީނިން އޮންކުރާނަމަ، އަންނޯން ސެންޑަރުންގެ މެސެޖްތައް އަންނޯން ސެންޑާސް ފޯލްޑަރަށް އޮޓޯމެޓިކުން ގެންގޮސް، އެކްސެޕްޓްކުރުމާ ހަމައަށް ނޮޓިފިކޭޝަންތައް ވަންހަނާކުރެވޭނެއެވެ. ކޯލް ސްކްރީނިންއާއި ހޯލްޑް އެސިސްޓް ވެސް މި އަޕްޑޭޓާއެކު ލިބޭނެ --- އައި.އޯ.އެސް 26 އިން ފޯނު އެޕްލިކޭޝަންގައި ކޯލް ސްކްރީނިންއާއި ހޯލްޑް އެސިސްޓް ތަޢާރަފްކޮށްފައިވެއެވެ. ކޯލް ސްކްރީނިންއަކީ އަންނޯން ކޯލަރުންގެ ނަމާއި ގުޅާ ސަބަބު އަހާ ފީޗަރެކެވެ. ހޯލްޑް އެސިސްޓްއަކީ ކޯލްތަކުގައި ހޯލްޑްކޮށްލާފައި ތިބޭއިރު އޭޖެންޓް ލިބުމުން އައިފޯނުން އަންގާ ފީޗަރެކެވެ. އައި.އޯ.އެސް 26 އިން އައިފޯންގައި އެޑެޕްޓިވް ޕަވާ މޯޑް ތަޢާރަފްކުރެއެވެ. މިއީ އައިފޯން 15 ޕްރޯ މޮޑެލްތަކާއި އޭގެ ފަހުގެ މޮޑެލްތަކަށް ޚާއްސަ ފީޗަރެކެވެ. އެޕަލްއިން ބުނާގޮތުގައި އެޑެޕްޓިވް ޕަވާ މޯޑުން ބެޓެރީ ލައިފް ދިގުދެމިގެންދިއުމަށް އެހީވެދޭނެއެވެ. އެޕަލް މިއުޒިކް އެޕްލިކޭޝަންގައި ހިމެނޭ އާ އޮޓޯމިކްސް ފީޗާއަކީ ޑީޖޭއެއް ފަދައިން އެއްލަވައިން އަނެއްލަވައަށް ފަސޭހަކަމާއެކު މިއުޒިކް ބަދަލުކުރާނެ ފީޗަރެކެވެ. މި ފީޗާއިން ކުރިން އޮތް ކްރޮސްފޭޑް ފީޗާގެ ބަދަލުގައި މަސައްކަތްކުރާނެއެވެ. އައި.އޯ.އެސް 26 އިން މެކްގައި ބޭނުންކުރެވޭ އެޕަލްގެ ޕްރިވިއު އެޕްލިކޭޝަންގެ ވާޝަންއެއް ވެސް އައިފޯނަށް ގެނެސްދެއެވެ. މިއީ ޕީ.ޑީ.އެފް ފައިލްތަކާއި ފޮޓޯތައް އެޑިޓްކޮށް މާކްއަޕްކުރުމަށް ޚާއްސަ ކުރެވިފައިވާ އެޕްލިކޭޝަންއެކެވެ. މި އަޕްޑޭޓްގައި ކާޕްލޭ ޑެޝްބޯޑް ސްކްރީންގައި ލައިވް އެކްޓިވިޓީސް ބަލާލެވޭނެ އައި.އޯ.އެސް 26 ބޭނުންކުރާ އައިފޯނަކާއެކު ކާޕްލޭ ބޭނުންކުރާއިރު، އާ ލިކުއިޑް ގްލާސް ޑިޒައިން ކާޕްލޭ އިންޓަފޭސްއަށްވެސް ފުޅާވެގެންދާނެއެވެ. މެސެޖްތަކަށް ޓެޕްބެކްސް މެދުވެރިކޮށް ރިޕްލައިދެވޭނެއެވެ. އަދި ކާޕްލޭ ޑެޝްބޯޑް ސްކްރީންގައި ލައިވް އެކްޓިވިޓީސް ބަލާލެވޭނެއެވެ. އައިފޯން ބޭނުންކޮށްގެން ކާޕްލޭ ސްކްރީނަށް ވީޑިއޯ ސްޓްރީމްވެސް ކުރެވޭނެއެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި ވީޑިއޯ ޕްލޭބެކް ލިބިގެންދާނީ ކާރު ޕާކްކޮށްފައި ހުންނަ ވަގުތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ