އައްޑޫގައި 30 އަހަރު ވަންދެން މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ މުދައްރިސަކު ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.
އައްޑޫހައިސްކޫލުގައި ބިޒްނަސް ސްޓަޑީޒް ކިޔަވައިދެއްވަމުން އަންނަ އިންޑިޔާގެ ރައްޔިތެއް ކަމަށްވާ ޝާޖިމަން ބާސީ (ޝާޖީ ސަރ) ނިޔާވިކަން އެނގުނީ މިއަދު ހެނދުނު ސްކޫލަށްދާން ހޭނުލައިގެން ގޮސް ބެލުމުންނެވެ.
މައުލޫމާތު ލިބޭގޮތުގައި ޝާޖީ ނިޔާވީ ބްލަޑް ޝުގަރ މާ ބޮޑަށް ދަށް ވެގެންނެވެ. ޝާޖީ .އާއެކު އެ ގޭގައި އިތުރު ދެ މުދައްރިސަކުވެސް ދިރިއުޅެމުން އަންނައިރު އެމީހުންނާއި ޙަވާލާދީ މައުލޫމާތު ދިން ފަރާތަކުން ބުނީ ޝާޖީ އޭނަގެ ގައުމުގައި ހުރެފައި އެނބުރި އައްޑޫއަށް އައީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. އައްޑޫއަށް އައީއްސުރެން ވެސް ވަރަށް ވަރުބަލިވާ ކަމަށާއި އަދި ބްލަޑް ޝުގަރ ލެވެލް ދަށްވާ ކަމަށް ވެސް ޝާޖީ ބުނެފައިވާ ކަމަށް އެފަރާތުން ކިޔައިދިނެވެ.
ޝާޖީ ރަށަށް ދިޔައީ ބައްޕަ ނިޔާވެގެންނެވެ. އަދި ރަށުގައި މަޑުނުކޮށް އަވަހަށް އައްޑޫއަށް އައީވެސް ދަރިވަރުންގެ އިމްތިހާނު ގާތްވެފައި އޮތުމުން ދަރިވަރުންނަށް އޭނަގެ ބޭނުން ޖެހޭނެކަން އެނގޭތީކަމަށް އިއްޔެ ވެސް އައްޑޫހައިސްކޫލުގެ މުދައްރިސުންތަކެއްގެ ގާތުގައި ޝާޖީ ވަނީ ކިޔައިދީފައެވެ.
1995 ވަނަ އަހަރު އޭރުގެ ސަދަން ސެކަންޑަރީ ސްކޫލްގެ ކޮމާރސް ޓީޗަރެއްގެ ގޮތުގައި އައްޑޫއަށް އައިސް މަސައްކަތްފެށި ޝާޖީ އަކީ ގިނަ ދަރިވަރުންތަކެއްގެ އެންމެ މަގުބޫލު މުދައްރިސެވެ. އެންމެންނާއި ވެސް ގުޅޭ އަބަދުވެސް ހިނިތުންވުމަކާ އެކު ހުންނަ ޝާޖީ އަކީ ކިޔަވައިދެއްވާ ދަރިވަރުންނަށް ރަނގަޅު ނަތީޖާ ހޯދައިދިނުމަށް ގަދައަޅައި މަސައްކަތް ކުރެއްވި ހީވާގި އަދި ކުޅަދާނަ މުދައްރިސެކެވެ. އައްޑޫހައިސްކޫލްގައި އޭލެވެލް އަށް ކިޔަވައިދޭން ފެށުމާއެކު އެ ސްކޫލަށް ބަދަލުވެ ބިޒްނަސް ސްޓަޑީޒް މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން އަންނަ ޝާޖީ އަކީ އައްޑޫގެ ގިނަ ދަރިވަރުން ތަކަކަށް ކިޔަވައިދެއްވި ކުދިންގެ ގާތް މިތުރެކެވެ.
ޝާޖި ނިޔާވުމާއި ގުޅިގެން އޭނަ ކިޔަވައިދިން ދަރިވަރުންނާއި އަދި އެކުގައި މަސައްކަތް ކުރާ އަދި ކުރަމުން އަންނަ މުދައްރިސުން ވެސް ވަނީ ޝާޖީގެ ރަނގަޅު ވާހަކައާއި ތައުރީފުގެ ބަސްތަކާއެކު ހެޔޮދުއާ ތަކުން ސޯޝަލްމީޑީއާ ފުރާލާފައެވެ.
އޭނާގެ ހަށިގަނޑު ވީހާ އަވަހަކަށް ގައުމަށް ފޮނުވުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
ފޭކް ސްލިޕް ފޮނުވައިގެން އެކި ފިހާރަތަކުން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި ސީއެސްސީގެ ނައިބުކަމަށް ނާސިޙް، ރައީސްކަމަށް މުހުތާޒު އައްޔަންކުރަން ރުހުން ހޯދަން ފޮނުވައިފި ގެއްލިގެން ހޯދަމުންދިޔަ އަންހެން ކުއްޖާ ފެނިއްޖެ ޢަރަބި އިސްލާމީ ސަމިޓުގައި ބައިވެރ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ