ޕެރިސް (އޮކްޓޫބަރު 24) - ދުނިޔޭގެ އަންހެނުންގެ މެރަތަން ދުވުމުގެ ރެކޯޑް އޮތް ކެންޏާގެ ކުޅަދާނަ އެތުލީޓު، ރޫތު ޗެޕްނިއާޓިޗަށް މަނާބޭހުގެ މައްސަލައެއްގައި ތިން އަހަރުގެ ސަސްޕެންޝަނެއް އަތުވެއްޖެ އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު، ޝިކާގޯ މެރަތަންގައި ވާދަކޮށް، ރޫތު، ރޭސް ނިންމީ، ދެ ގަޑިއިރު، ނުވަ މިނިޓް 57 ސިކުންތުންނެވެ. މިއީ، ކުރިން މެރަތަން ދުވުމުގެ ރެކޯޑް އޮތް އަންހެން ދުވުންތެރިޔާ، ޓިގިސްޓް އަސޭފާގެ ރެކޯޑަށް ވުރެން އެއް މިނިޓް 56 ސިކުންތު އަވަސް ވަގުތެކެވެ.
އިތިއޯޕިއާގެ އަސޭފާ، ރެކޯޑް ހެދީ، 2023 ވަނަ އަހަރުގެ ބާލިން މެރަތަންގަ އެވެ. އޭނާ ރެކޯޑް ހެދި ޓައިމިން އަކީ ދެ ގަޑިއިރު، 11 މިނިޓް 53 ސިކުންތުންނެވެ. އަސޭފާގެ ރެކޯޑް މުުގުރާލުމުގެ އިތުރުން، ރޫތު ވެފައިވަނީ، ދެ ގަޑިއިރު 10 މިނިޓަށް ވުރެ އަވަހަށް މެރަތަން އެއް ނިންމި ފުރަތަމަ އަންހެން އެތުލީޓަށެވެ.
އުމުރުން 31 އަހަރުގެ ރޫތު މަނާބޭހަށް ޕޮޒިޓިވްވެފައިވަނީ މި އަހަރުގެ މާޗް މަހު ނެގި ސާމްޕަލަކުންނެވެ. އެކަމަށް އޭނާ ވަގުތީ ގޮތުން ސަސްޕެންޑްކުރަން ނިންމީ މިދިޔަ ޖުލައި މަހު އެވެ.
އެތުލެޓިކް އިންޓަގްރިޓީ ޔުނިޓް (އޭއައިޔޫ) އިން ފުރަތަމަ އެދުނީ ރޫތު ހަތަރު އަހަރަށް ސަސްޕެންޑް ކުރުމަށެވެ. އެކަމަކު، ރޫތު މަނާބޭސް ބޭނުންކުރި ކަމަށް އެއްބަސްވުމުން ވަނީ ތިން އަހަރަށް ސަސްޕެންޝަން ކުޑަކޮށްފަ އެވެ.
ރޫތު، މަނާބޭހަށް ޕޮޒިޓިވްވީ ދުނިޔޭގެ ރެކޯޑް ހެދިތާ މާ ގިނަ ދުވަސްތަކެއް ފަހުން ނެގި ސާމްޕަލެއް ކަމަށްވާތީވެ، އަދިވެސް މެރަތަންގެ އަންހެން ރެކޯޑް ހޯލްޑަރަކީ އޭނާ އެވެ.
އެކަމަކު، އޭއައިޔޫ އިން އަދިވެސް ރޫތުގެ އެކި ކަންކަމުގެ ތަހުގީގު ކުރަމުން އަންނައިރު، އޭނާގެ ފޯނުން ފެނިފައިވާ 2022 ވަނަ އަހަރުގެ މެސެޖުތަކެއްގެ ކަންކަން ވެސް އަންނަނީ ބަލަމުންނެވެ. އެއީ، މަނާބޭހުގެ ވާހަކަ ދައްކާފައިވާ މެސެޖުތަކެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މަނާބޭހުގެ މައްސަލައެއްގައި ދުނިޔޭގެ މެރަތަން ރެކޯޑް އޮތް ރޫތަށް ތިން އަހަރުގެ ސަސްޕެންޝަނެއް މަނާބޭހުގެ މައްސަލައެއްގައި ދުނިޔޭގެ މެރަތަން ރެކޯޑް އޮތް ރޫތަށް ތިން އަހަރުގެ ސަސްޕެންޝަނެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ