ބާސެލޯނާ ބީ ޓީމަށް ކުޅެފައިވާ ޑިއާނޭ ބުރު ސްޕޯޓްސް ކްލަބަށް ބާސެލޯނާ ބީ ޓީމަށް ކުޅެފައިވާ ޑިއާނޭ ބުރު ސްޕޯޓްސް ކްލަބަށް

ސްޕެއިންގެ ބާސެލޯނާގެ ބީ ޓީމަށް މީގެ ކުރިން ކުޅެފައިވާ ސެނެގާލްގެ މިޑްފީލްޑަރު، ޑިއަވަންޑޫ ޑިއާނޭ، ބުރު ސްޕޯޓްސް ކްލަބަށް ސޮއިކޮށްފި އެވެ.
އުމުރުން 31 އަހަރުގެ ޑިއާނޭ ވަނީ، 2015-2017 އާ ދެމެދު ބާސެލޯނާގެ ބީ ޓީމަށް 28 މެޗު ކުޅެދީފަ އެވެ.
ބެލްޖިއަމްގެ ކޭއޭއެސް އޫޕެން އާއި ފިންލެންޑްގެ އެފްސީ ކޭޓީޕީ އަށް ވެސް ކުޅެފައިވާ ޑިއާނޭ ވަނީ 2021 ވަނަ އަހަރު އިންޑިއާގެ ސުޕަ ލީގުގައި އޮޑިޝާ އެފްސީ އަށް ކުޅެފަ އެވެ. ކޭޓީޕީ އަށް ފިންލެންޑް ފުރަތަމަ ޑިވިޝަނުގައި ކުޅުނުއިރު، ބެލްޖިއަމް ދެ ވަނަ ޑިވިޝަނުގައި، އޫޕެން އަށް ކުޅެމުން އެ ޓީމުގެ ކެޕްޓަންކަން ވެސް ވަނީ ކޮށްފަ އެވެ.
ފިލިޕީންސާއި ނޭޕާލްގެ ކްލަބަކަށް ވެސް އޭނާ ވަނީ ކުޅެފަ އެވެ. އޭނާ އެންމެ ފަހުން ކުޅެފައިވަނީ، ފިލިޕީންސްގެ ފުރަތަމަ ޑިވިޝަނުގެ ކްލަބް މެނިލާ ޑިގާސް އަށެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބުރުން ވަނީ އެ ޓީމަށް ކުޅޭ ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު، މުހައްމަދު ފައިސަލް، ޓްރާންސްފާ ފީއަކާ އެކު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ދޫކޮށްލައިފަ އެވެ. އަދި، ބުރު ސްޕޯޓްސް ކްލަަބަށް ކުޅެމުން އަންނަ މިޑްފީލްޑަރު، އަބްދުﷲ ޖުނައިދު (ޖޭންނޭ) ވަނީ ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިހުގައި ބައިވެރިވުމަށް ރިލީސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ