ލެކްނޯ ހިކި ކިރު ޕެކެޓެއް ގަނެގެން 10،000ރ. ހޯދުމުގެ ފުރުސަތު ލެކްނޯ ހިކި ކިރު ޕެކެޓެއް ގަނެގެން 10،000ރ. ހޯދުމުގެ ފުރުސަތު

އެމްޔޫ ސްޓޯރުން ކުރިއަށްގެންދާ ލެކްނޯ މިލް ޕައުޑާ އިޔާ އެންޑް ޕްރޮމޯގެ ދަށުން ލެކްނޯ ހިކި ކިރު ޕެކެއްޓެއް ގަނެގެން 10،000ރ. ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްޔޫ ސްޓޯރުން ބުނީ ލެކްނޯ ހިކި ކިރު ޕެކެޓު ގަނެގެން އޭގައިވާ ޕްރޮމޯ ސްޓިކާ ކަހާލައި، ކިއުއާރްކޯޑު ސްކޭން ކޮށްގެން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.
މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ދަށުން ކިއުއާރް ކޯޑު ސްކޭންކޮށްގެން ފުރަން ޖެހޭނީ ފުރިހަމަ ނަމާއި، އައިޑީކާޑު ނަންބަރާއި ފޯނު ނަންބަރުގެ އިތުރުން ކޫޕަން ކޯޑު އެކަންޏެވެ.
ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކު ވެސް ތަފާތު އިނާމުތައް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ލެކްނޯ ގިފްޓް ހެމްޕާސް ހިމެނެ އެވެ.
ލެކްނޯގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކޮށް މާކެޓްކުރަނީ ފުޅާ ދާއިރާއެއްގައި ހޯލްސޭލް ވިޔަފާރި ކުރަމުންދާ އެމްޔޫ ސްޓޯރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ