ތިބާގެ ކަންކަމުގަ 1 ވަނަ ﷲ ތަޢާލާއަށް ދޭނަމަ ތިބާއަށް ﷲ ތަޢާލާ 1 ވަނަ ދެއްވަވާނެ. އިން ޝާ ﷲ! 1 ވަނަ ލިބެންއެދޭމީހާ މިގޮތަށް ދުވަސްފަށައި ނިކަން ތަފާތު ދެކިލަބަލަ!

ގިނަ ބައަކަށް ނިދައި ހޭލެވުމާއިއެކު ވިސްނައިލެވެނީ ތިމާ މިއަދު ކުރާނީ ކޮންކޮން ކަންތައްތަކެއްކަމާއިމެދުގައެވެ. އެހިސާބުންވެސް އެމީހަކު އެވަނީ ފޭލްވެފައެވެ. ސަބަބަކީ ވިސްނާލަންޖެހޭނީ މިއަދު ތިމާއަށް ﷲ ތަޢާލާ މިންވަރުކުރައްވަވާނީ ކޮންކޮން ކަންތައްތަކެއް ކަމާއިމެދުގައެވެ. 
ވިސްނާށެވެ! ކިތަންމެ މޮޅަށް ރާވައިގެން ކިތަންމެ ގިނަ ކަންތައްތަކެއް ކުރަން މަސައްކަތްކުރިޔަސް އެންމެ ކަމެއްވެސް ކާމިޔާބުކުރެވޭނީ ﷲ ތަޢާލާ އެކަމެއް މިންވަރު ކުރެއްވެވުމުންނެވެ. 
ވީމާ ނިދީން ހޭލެވުމުން 1 ވަނަ ﷲ ތަޢާލާއަށް ދޭން ޢަމަލުކުރަންވީގޮތްވެސް ކިޔައިދޭނަމެވެ. 
-ގަޑިއަށް ނުބަލައި އަވަހަށް ވުޟޫކޮށްލާށެވެ!
-ދެން ގަޑިބަލާށެވެ! ވަޤުތު އޮތްނަމަ ރޭއަޅުކަންކުރާށެވެ! ފަޖުރުލާފައިވާނަމަ އަވަހަށް ފަތިސްނަމާދުގެ އިހުސުންނަތާއި ފަތިސްނަމާދު ކުރާށެވެ! އިރުއަރާފައިވާނަމަ ޤަޟާއަށް ކުރާށެވެ!
--އެއަށްފަހު ޛިކުރުކޮށްލައި ތިމާ އެދުވަހު އެދޭ ކަންކަން ހިންމަވައި ދެއްވެވުން އެދި ދުޢާކުރާށެވެ! 
ދެން އޮތީ މަސައްކަތަށް ނުކުތުމެވެ. މުޅި ދުވަހުވެސް ރަރުޟްތަކަށާއި ސުންނަތްތަކަށް ރައްކައުތެރިވުމާއިއެކު ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އެއްވެސް ކަމެއް ނުކުރާށެވެ! 
އެއިރުން އެމީހަކަށް އެއޮތީ ﷲ ތަޢާލާގެ ޙަޟްރަތަށް 1 ވަނަ ދީގެން މުޅި ދުވަސް ހޭދަކުރެވިފައެވެ. އިން ޝާ ﷲ. އެއިރުން އެމީހަކަށް ﷲ ތަޢާލާގެ ޙަޟްރަތުންވެސް 1 ވަނަ ދެއްވަވާނެތެވެ! އިން ޝާ ﷲ
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ