އެޗްޑީސީ އިން އެސްޓޭޓް ސެކިޔުރިޓީ ސާވިސްގެ ނަމުގައި ހިދުމަތެއް ލޯންޗުކޮށްފި

ހުޅުމާލޭގެ ރައްޔިތުންގެ ރައްކާތެރިކަން އިތުރުކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެސްޓޭޓް ސެކިޔުރިޓީ ސާވިސްގެ ނަމުގައި ހިދުމަތެއް ލޯންޗުކޮށްފި އެވެ.
ވީ ކިހިނެއް؟ - ރޭ ފަރުކޮޅުފުށީގައި ބޭއްވި 'ސޭފާ ހުޅުމާލެ' ރަސްމިއްޔާތުގައި މި ހިދުމަތް އިފްތިތާހުކޮށްދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލި ޒުހައިރެވެ.
ތަފްސީލް - އެޗްޑީސީ އިން ބުނީ އެސްޓޭޓު ސެކިޔުރިޓީ ސާވިސްގެ ނަމުގައި ހިދުމަތެއް ތައާފަރު ކުރީ ހުޅުމާލޭގައި
ދިރިއުޅޭ ރައްޔިތުންގެ މުދަލާއި އަމިއްލަ ފަރުދުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށެވެ.
މިއާ އެކު ސެކިއުރިޓީގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ފެންވަރަށް
ތަރައްގީކުރާނެ ކަމަށްއެ ކުންފުނިން ބުންޏެވެ. އަދި ސެކިއުރިޓީ ހިދުމަތްތައް އެއް މިންގަނޑަކަށް ގެނެސް،
ފަސޭހަކަމާ އެކު މޮނިޓާ ކުރެވޭނެ ކަމަށް ވެސް އެޗްޑީސީ އިން ބުންޏެވެ.
މި ޕްރޮގްރާމުގެ ދަށުން:
ސެކިއުރިޓީންނަށް ކަމާގުޅޭ ތަމްރީނުދީ، ޕްރޮފެޝަނަލްކޮށް މަސައްކަތަށް ބޭނުންވާނެ ވަސީލަތްތައް ފޯރުކޮށްދޭނެ
މީގެ އިތުރުން އެސްޓޭޓް ސެކިޔުރިޓީގެ ހިދުމަތުގެ ދަށުން ޓެކްނޮލޮޖީގެ އެހީގައި ސެކިއުރިޓީ ނިޒާމު އިތުރަށް ހަރުދަނާކުރާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ