ފުލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން ހާއްސަ އިސްކަންދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ޝަރުތުތައް ގެނައި ބަދަލާއެކު ނުކުޅެދުންތެރިކަމަށް ހޯދަންޖެހޭ ފަރުވާގެ ސަބަބުން މާލެ ބަދަލުވެފައިވާނަމަ ނުވަތަ ރަށުން އެފަރުވާ ލިބެން ނުހުންނާތީ މާލެ އަންނަންޖެހޭ ފަރާތްތަކަށްވެސް ފުލެޓަށް އެދި ހުށަހެޅޭ ގޮތް ވެއްޖެ އެވެ.
ސަރުކާރުން އިއުލާނުކޮށްފައިވާ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ "އާއިލީ ބޯހިޔާވަހިކަން" ޕުރޮގުރާމުގެ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" އަށް ވަކިން އެޕްލިކޭޝަން ހުށަހެޅޭ ގޮތަށް ބަދަލު ގެނެސް ބައެއް ޝަރުތުތަކަށް ވަނީ ބަދަލު ގެނެސްފަ އެެވެ.
އެގޮތުން މާލޭގައި އެ ފަރާތުން ދިރިއުޅެފައިވާން ޖެހޭނެ މުއްދަތު ކުރުކުރުމާއެކު އެ ފަރާތެއްގެ ހުރި ނުކުޅެދުންތެރިކަމަކަށް މާލެއިން ޙިދުމަތް ހޯދަން އަންނަންޖެހޭ ފަރާތްތަކާއި ޙިދުމަތް ހޯދުމަށްޓަކައި މާލެއަށް ބަދަލުވެފައިވާ ފަރާތްތަކަށް އެޕްލައިކުރުމުގެ ފުރުސަތު ވަނީ ދީފަ އެވެ.
އެގޮތުން މި ކެޓަގަރީއަށް ޝަރުތުތައް ކަނޑައެޅުމާއި އެޕްލިކޭޝަން ހުށަހެޅޭނެގޮތާއި މާކުސް ދިނުމުގައި އަމަލުކުރާނެ ގޮތާއި ހައުސިން ޔުނިޓު ކަނޑައަޅާނެ ގޮތް ވަނީ ހިމަނާފަ އެވެ.
މިހާރު ގެނެސްފައިވާ ބަދަލުން މާލޭގައި މެދުނުކެނޑި ފަސް އަހަރު ދިރިއުޅެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބެ އެވެ. އަދި ނުކުޅެދުންތެރިކަމަށް ހޯދަންޖެހޭ ފަރުވާގެ ސަބަބުން މާލެ ބަދަލުވެފައިވާނަމަ ނުވަތަ ރަށުން އެފަރުވާ ލިބެން ނުހުންނާތީ މާލެ އަންނަންޖެހޭ ފަރާތްތަކަށްވެސް ފުލެޓަށް އެދި ހުށަހެޅޭނެ އެވެ.
ނުކުޅެދުންތެރިކަމަށް ހޯދަންޖެހޭ ފަރުވާއަށް މާލެ އަންނަ މީހުންނަށް ފްލެޓަށް ކުރިމަތިލެވޭ ގޮތް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ