ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅުނު ތިން މީހަކު ހައްޔަރުކޮށްފި 2.5ބިލިއަން ރުފިޔާ ޗާޕުކޮށް، ޕެންޝަން ފަންޑުން ނެގުމަކީ ކަންބޮޑުވާކަމެއް: އެމްޑީޕީ އައްޑޫގެ އާބާދީ އިތުރުކުރަން ބިދޭސީންނަށް ރަށްވެހިކަން ދެވިދާނެ: ނަޝީދު ސިނގިރޭޓު ގެއްލުނު މައްސަލަ: މުއާޒުގ

އައްޑޫސިޓީ ހުޅުދޫގައި ޓުއަރިޒަމް ކުރިއަރުވައި އިންވެސްޓާ ކޮންފިޑެންސް އިތުރު ކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުމެއް ބާއްވަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ މި ބައްދަލުވުމަކީ ހުޅުދޫގައި ޓުއަރިޒަމް ކުރިއަރުވައި އިންވެސްޓާ ކޮންފިޑެންސް އިތުރު ކުރުމަށާއި، އާއްމު ރައްޔިތުންނާއި މެހުމާނުންގެ ބޭނުންތަކަށް ބީޗް ހެދުމާއި އުމްރާނީ ގޮތުން ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނައުމަށްޓަކައި ރައްޔިތުންގެ މަޝްވަރާ އާއި ހިޔާލު ހޯދުމަށްޓަކައި ބާއްވާ ބައްދަލުވުމެއް ކަމަށެވެ.
މި ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ އޮކްޓޯބަރު 21، 2025 ވާ އަންގާރަ ދުވަހުގެ ރޭ 08:30 ގައި ހުޅުދޫ ކޮމިއުނިޓީ ސެންޓަރު (ކުރީގެ ހުޅުދޫ ސްކޫލް) ގައި ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ