އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ތެރޭގައި ހުރި 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި މިފްކޯގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ އިތުރު 10 ދުވަހަށް ބަންދުކުރަން މިއަދު އަމުރުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ މައްސަލާގައި މުއާޒު، 48،ގެ އިތުރުން ރާއްޖޭގެ މަޝްހޫރު ދެ ވިޔަފާރިވެރިޔަކާއި ކަސްޓަމްސްގެ މުވައްޒަފަކު ވަނީ ހައްޔަރުކޮށް، ބަންދު ޖަހައިފަ އެވެ. އަދި 12 މީހަކު ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ތަފްސީލް - މުއާޒުގެ ބަންދަށް ފުރަތަމަ ޖެހީ ފަސް ދުވަހެވެ. އޭރު އެހާ ކުޑަ މުއްދަތެއް ބަންދަށް ޖެހީ ވަކީލަކު އައްޔަންކުރަން ފުރުސަތު ދިނުމުގެ ގޮތުންނެވެ.
ވަކީލަކު އައްޔަންކުރަން ދިން އެ ފަސް ދުވަހުގެ މުއްދަތު ހަމަވުމުން ބަންދާ މެދު އަލުން ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން އިތުރު 10 ދުވަސް ބަންދަށް ޖަހާފައިވެ އެވެ.
މުއާޒާއި މި މައްސަލާގައި ދެން ހައްޔަރުކޮށްފައިވާ ކަސްޓަމްސް ޑިޕާޓްމަންޓެއްގެ އިސް ވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް، 40،ގެ މައްޗަށް ކުރަނީ އަމަލީ ގޮތުން އެކަން ރާވައި ހިންގުމުގައި ބައިވެރިވުމުގެ ތުހުމަތެވެ.
އެނގުން މުހިންމު - ދެން މި މައްސަލާގައި ހައްޔަރުކުރީ:
އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) 65 - ބަންދަށް 10 ދުވަސް ޖަހާފައިވޭ
ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް، 61 - ބަންދަށް 15 ދުވަސް ޖަހާފައިވޭ
މި ދެ މީހުންގެ މައްޗަސް ކުރަނީ އެ ވައްކަން ރާވައި އެކަން ކުރަން ފައިސާ ދިން ކަމުގެ ތުހުމަތު
ސިނގިރޭޓު ވައްކަން: މުއާޒުގެ ބަންދަށް އިތުރު 10 ދުވަސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ