ހަތަރު ރަށެއްގައި ވަޤުފު ބިނާތަކެެއް ޤާއިމުކުރުމަށް ޚާއްސަ މަޝްރޫޢުއެއް ފައްޓަވަން ނިންމަވައިފި އެވެ.
އެ މަޝްރޫޢުއާ ގުޅޭ ތަފްސީލާއި ބައެއް ކުރެހުންތައް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވަނީ އާންމު ކުރައްވާފަ އެެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އިސްލާމީ ޚިދުމަތަށް ބޭނުންވާ ފުރިހަމަ މާލީ ނިޒާމެއް ޤާއިމުކުރުމަށްޓަކައި، އިސްލާމީ ޙަޟާރަތުގައި މުހިންމު ދައުރެއް އަދާކުރި އިސްލާމީ ވަޤުފުގެ ނިޒާމް ފުޅާކުރުމަށް ރައީސް ޑރ މުއިއްޒު އިއުލާންކުރައްވާފައިވާ ސިޔާސަތުގެ ދަށުން މުހިންމު މަޝްރޫޢުއެއް ފެށުމަށް ވަނީ ނިންމާފަ އެވެ.
ވަޤުފު ބިނާތަކުގެ ކުރެހުމެއް -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އެގޮތުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އާއި ތިނަދޫ ސިޓީ، އާއި ކުޅުދުއްފުށި ސިޓީގެ އިތުރުން ގއ. ވިލިނގިލީގައި ވަޤުފު މަޝްރޫޢުތަކެއް ފައްޓަވަން ރައީސް މިހާރު ވަނީ ނިންމަވައިފައެވެ. މި މަޝްރޫޢު ހިންގެވުމަށް އައްޑޫ ސިޓީގައި 23 މިލިއަން، ފުވައްމުލައް ސިޓީގައި 15 މިލިއަން، ކުޅުދުއްފުށި ސިޓީގައި 10 މިލިއަން، ތިނަދޫ ސިޓީގައި 10 މިލިއަން އަދި ވިލިނގިލީގައި 10 މިލިއަން ރުފިޔާ ވަޤުފު އުފައްދަން އިންވެސްޓް ކުރަން ވަނީ ނިންމާފަ އެވެ.
މި ޕްރޮޕަޓީތަކުން ލިބޭ ނަފާ ޚަރަދު ކުރާނީ އެސިޓީތަކުގެ އިސްލާމީ ކަންކަމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ގޮތުން މިސްކިތަކާއި ޤުރުއާނުގެ އިލްމު ފެތުރުމަށް ހާއްސަ މަަސައްކަތްތަކެއް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ވަޤުފު ބިނާތަކުގެ ކުރެހުމެއް -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މިނިސްޓަރު ވިދާޅުވީ މާލެ ސަރަހައްދުގައި ވަޤުފުގެ ދެ މަޝްރޫޢެއް ކުރިއަށް ގެންދާއިރު އޭގެ ނަފާ މުޅި ރާއްޖެއަށް ބެހިގެންދާނެ ކަމަށެވެ.
"މި ހުރިހައި މަޝްރޫޢެއްގެ އަމަލީ މަސައްކަތް ލަސްވެގެން ޖަނަވަރީ މަހުގައި އިންޝާ ﷲ ފެށިގެންދާނެ," މިނިސްޓަރު ވިދާޅުވި އެވެ.
ހުރިހާ ސިޓީތަކެއްގައި ވަޤުފު ބިނާތަކެެއް، 68 މިލިއަން ހަރަދު ކުރާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ