ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުޢިއްޒު ސިންގަޕޫރަށް ފުރާވަޑައިގެންފި

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ. މިއީ ނުރަސްމީ ދަތުރުފުޅެއް ކަމުން ދަތުރުފުޅާއި ގުޅޭ އިތުރު ތަފްސީލެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.
ނުރަސްމީ ދަތުރުފުޅުތަކަކީ އާންމުކޮށް ބޭސްފަރުވާއަށް ނުވަތަ އަމިއްލަ ކަންކަމަށް ރައީސުން ކުރައްވާ ދަތުރުފުޅުތަކެކެވެ. މީގެ ކުރިން ވެސް ރައީސް ވަނީ ނުރަސްމީ ދަތުރުފުޅުގައި ސިންގަޕޫރަށް ދަތުރުފުޅުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ