މާލޭ ޓެކްސީ ލައިންގެ ޚިދުމަތުގެ ޑިމާންޑު ދަނީ އިތުރުވަމުން: ރައީސް އޮފީސް

ސަރުކާރުން މާލެ ސަރަޙައްދުގައި ފަށާފައިވާ މާލެ ޓެކްސީގެ ޚިދުމަތަށް އެދޭ ފަރާތްތަކުގެ ޢަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ޙުސެއިން މުޙައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
"މާލޭ ޓެކްސީ ޚިދުމަތުގެ ފީޑްބެކް ދަނީ ބަލަމުން. ރަނގަޅު ކުރަންޖެހޭ ކަންކަން ހުންނާނެ. ހަމައެއާއެކު ޑިމާންޑު އިތުރުވަމުންދާކަން އެބަ ފާހަގަކުރެވޭ." ތަރުޖަމާނު ވިދާޅުވިއެވެ.
މި ޚިދުމަތް ދެމުންދާ އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ޚިދުމަތް ފެށި ފުރަތަމަ މަހުގެ ތެރޭގައި އެކަނިވެސް 13,000 އަށްވުރެ ގިނަ ދަތުރު ވަނީ ކޮށްފައެވެ. މި ޚިދުމަތަށް ތިމާވެއްޓާ ރައްޓެހި ތިން ސައިޒެއްގެ 150 އުޅަނދު ބޭނުންކުރަމުންދެއެވެ. އާންމުންނަށް މި ޚިދުމަތް ހޯދުމަށް ވެބްސައިޓް މެދުވެރިކޮށް ނުވަތަ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެން ދަތުރުތައް ބުކް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ