އަދުހަމް މެރުމަށް ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި

2019 ވަނައަހަރުގެ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހު، ޓެކްސީ ޑްރައިވަރު ގާސިމް ހަސަން އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި، ގަސްތުގައި މީހަކު މަރާލި ކަމުގެ ކުށް ސާބިތުވެފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ދަމަހައްޓަން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މަރުގެ ހުކުމްތަކަކީ ތިން މަރުހަލާ ފުރިހަމަކުރަން ޖެހޭ ހުކުމްތަކަކަށް ވާތީ، ހައި ކޯޓުން މިއަދު ކުރި މި ހުކުމް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ