ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑްކަޕް ބަލައިލެވޭނެ

މި އަހަރުގެ ފީފާ ވޯލްޑް ކަޕް ފޯރިގަދަކޮށް ބެލުންތެރިންނަށް ގެނެސްދިނުމަށްޓަކައި، އެޗްޑީސީއާއި ޕީއެސްއެމް ގުޅިގެން ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ވޯލްޑް ކަޕް ބެލުމަށް ބޮޑުސްކްރީންތައް ބަހައްޓައިފި އެވެ.
މި ބޮޑު ސްކްރީންތައް ބަހައްޓާފައިވާ ހުރިހާ ސަރަހައްދަކުންވެސް މިއަހަރުގެ ވޯލްޑް ކަޕްގެ ހުރިހާ މެޗުތަކެއް ދައްކާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ބޮޑު ސްކްރީން ބަހައްޓާފައިވާ ސަރަހައްދުތައް
ހުޅުމާލެ ފޭސް 1 – ސެންޓްރަލް ޕާކުހުޅުމާލެ ފޭސް 1 – ފްލެޓް 137 ކައިރީގައި ހުންނަ ހެދިކާ ޓެންޓު ކައިރި.ހުޅުމާލެ ފޭސް 2 – ވިނަރެސް ޓަވަރު 9 ކުރިމަތީގައި ހުންނަ ރޯދަ މާރުކޭޓް ޓެންޓު ކައިރި.
ވޯލްޑް ކަޕުގެ ފޯރި މުޅި ރާއްޖޭގައިވެސް ގަދަވެފައިވާއިރު، އެޗްޑީސީން ބުނ އެ ކޯޕަރޭޝަންގެ އަމާޒަކީ ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ސަޕޯޓަރުންނަށްވެސް އަމާންކަމާއެކު ފޯރިގަދަ މާހައުލެއްގައި ހިލޭ މި މެޗުތައް ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ