މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް އެމްޓީސީސީން ކުރަމުންދާ ބޮޑު މަޝްރޫޢުގެ މަސައްކަތްތަކާ ގުޅިގެން، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ.
މަގު ހެދުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާ ވަގުތުތަކުގައި އާންމުންނަށް ދަތުރުފަތުރު ކުރުމުގައި ދިމާވެދާނެ ދަތިތައް ކުޑަކުރުމަށްޓަކައި، ބޮޑުތަކުރުފާނުމަގާއި ޗާންދަނީމަގު ގުޅުނު ހިސާބުން ފެށިގެން، ޗާންދަނީމަގު އޯކިޑްމަގާއި އަމީރު އަހުމަދު މަގު ގުޅުނު ކަންމައްޗާ ހަމައަށް އޮތް ސަރަހައްދު މިހާރު ވަނީ ދެކޮޅަށް ދުއްވޭގޮތަށް ބަދަލުކޮށްފައެވެ.
މިއީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.
މި ބަދަލު ގެނެސްފައިވާ ބޮޑުތަކުރުފާނު މަގުގެ މަސައްކަތްތައް އެމްޓީސީސީން ކުރަމުންދަނީ ވަރަށް ބާރު ދުވެލީގައެވެ. އެ ކުންފުނީގެ ބޮޑު އަމާޒަކީ މި ހިނގާ ޖޫން މަހުގެ ނިޔަލަށް، ލޯކަލް މާރުކެޓުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލްއާ ހަމައަށް އޮތް ސަރަޙައްދުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް އެއްކޮށް ނިންމާލުމެވެ.
މި މަޝްރޫޢު އެއްކޮށް ނިމޭއިރު، މާލެއަށް ދިމާވެފައިވާ ޕާކިންގގެ މައްސަލައަށްވެސް ބޮޑު ޙައްލެއް ލިބިގެންދާނެއެވެ. އެގޮތުން ބޭންކް އޮފް ސިލޯން ކުރިމަތިން 500 އަށްވުރެ ގިނަ ސައިކަލު ޕާކު ކުރެވޭނެ ބޮޑު ޕާކިންގ ސަރަހައްދެއް ތަރައްޤީކުރާނެއެވެ. މި ޕާކިންގ ހެދުމަށްޓަކައި ބަނދަރުން ގާތްގަނޑަކަށް 98 މީޓަރު ދިގު، އަދި 28 މީޓަރު ފުޅާ ސަރަހައްދެއް ވަނީ ހިއްކާފައެވެ.
ހަމައެއާއެކު، މަގު ހެދުމުގެ ކުރީގެ ސެގްމަންޓުތަކުން ލިބުނު ތަޖުރިބާއަށް ބަލައި، ތިމާވެއްޓާ ރައްޓެހި ގޮތަކަށް މަގު ބޭއްވުމަށްޓަކައި އެ ސަރަހައްދުން ކުރިން ނެގި ގަސްތައް އަލުން އިންދައި، މަގު ފެހިކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން ވަނީ ކޮށްފައެވެ.
ބޮޑުތަކުރުފާނުމަގުން ފެށިގެން އަމީރު އަޙްމަދުމަގާ ހަމައަށް ޗާންދަނީމަގު ދެކޮޅަށް ދުއްވޭގޮތަށް ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ