ރާއްޖޭގައި ކޭބަލް ސްޓޭޝަން އެޅުމުގެ މަސައްކަތް މެނޭޖްކުރަން ގޫގުލް އިން މުވައްޒަފަކު ހޯދަނީ

އައްޑޫގައި ގާއިމްކުރާ ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަންގެ މަސައްކަތްތައް މެނޭޖް ކުރާނެ ޓެކްނިކަލް ޕްރޮގްރާމް މެނޭޖަރުގެ މަގާމަށް ކުރިމަތިލާން އެ ކުންފުނިން ހުޅުވާލައިފި އެވެ.
ގޫގުލް ކެރިއާސްގައި ޖަހާގައިވާ އިއުލާނުގައިވާ ގޮތުން އެ މަގާމަށް ހޮވޭ މީހެއްގެ ދައުރަކީ އިންޑިއާ ކަނޑުގެ ސަރަހައްދަށް ހާއްސަ ކޭބަލް ލޭންޑިން ސްޓޭޝަން (ސީއެލްއެސް) އާއި އައުޓްސައިޑް ޕްލާންޓް އޮޕަރޭޝަންސް (އޯއެސްޕީ) ގާއިމްކުރުމުގެ އެންމެހާ މަސައްކަތްތަކާ ގުޅޭ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބަލައި ކަމާ ގުޅޭ ފަރާތްތަކުުގެ މެދުގައި ކުރަންޖެހޭ މުއާމަލާތްތައް ހިންގުމެވެ.
އެ މަޝްރޫއުގެ ސަޕްލަޔަރުންނާއި އެ މަސައްކަތަށް އުފައްދާ ކޮންސޯޓިއަމުން ކުރިއަށް ގެންދާ މަސައްކަތްތަކާއި އެހެން ކުންފުނިތަކާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ މަސައްކަތްތައް ވެސް ބަލަން ޖެހޭނީ ގޫގުލްގެ އިއުލާނުގައިވާ ގޮތުން އެ މަގާމުގައި ހުންނަ މީހެކެވެ. 
ކޭބަލް ސްޓޭޝަން ގާއިމްކޮށް ނިމި އޮޕަރޭޝަނަށް އައުމާ ހަމައަށް ކޮންސޯޓިއަމްގެ ޕާޓްނަރުންނާއި ޓެލެކޮމް އޮޕަރޭޓަރުންނާ މުއާމަލާތްކުރުމާއި މާލީ އަދި ރެގިއުލޭޓަރީ އެންމެހާ ކަންކަމެއްގައި ވެސް ގޫގުލްގެ ފަރާތުން މުއާމަލާތް ކުރާނީ އެ މަގާމުގައި ހުންނަ މީހެއް ކަމަށް ވެސް އިއުލާނުގައި ވެ އެވެ.
ގޫގުލްގެ އިއުލާނުގައިވާ ގޮތުން އެ މަގާމަށް ކުރިމަތިލާ މީހެއްގެ އެންމެ ދަށް ވެގެން ހުންނަން ޖެހޭ ފެންވަރަކީ: 
މަދުވެގެން ހުންނަން ޖެހޭ ޝަރުތުތަކުގެ އިތުރުން އިސްކަންދޭނެ ކެންޑިޑޭޓެެއްގައި ހުންނާނެ ފެންވަރު ވެސް ގޫގުލްގެ އިއުލާނުގައި ވެ އެވެ. އެއީ: 
އައްޑޫ ހިތަދޫގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޒޭޝަންއަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރަން ނިންމައި ގޫގުލް އިން އެކަން އިއުލާންކުރީ މިދިޔަ އަަހަރުގެ ނޮވެމްބަރު މަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ