އުސްގެކޮޅު ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދަނީ

ނަމަވެސް، ދާދިފަހުން އެތަނުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި، އެތަނުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކޮށްފައިވާ ކަމުގެ ނިޝާންތައް ފެނިފައިވާތީ އެކަމާ ހިތާމަކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އުސްގެކޮޅަކީ 20 ވަނަ ޤަރުނުގެ ކުރީކޮޅު އައްސުލްޠާން ޙާޖީ ޢިމާދުއްދީން (6 ވަނަ) ބިނާކުރެއްވި، 100 އަހަރަށްވުރެ ގިނަދުވަސްވެފައިވާ އާސާރީ ބިނާއެކެވެ. މިއީ އިހުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނާން ހުރި ހަމައެކަނި ބައި ކަމަށްވާއިރު، ރާއްޖޭގެ ފުރަތަމަ ޤައުމީ ދާރުލްއާސާރުވެސް އެންމެ ފުރަތަމަ ހުޅުވާފައިވަނީ މި އިމާރާތުގައެވެ. މި ބިނާއަށް ގެއްލުންދިން ފަރާތްތައް ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ