ފްރާންސްގައި ސްކައިޑައިވިން އަށް މީހުން ގޮވައިގެންދިޔަ ފްލައިޓެއް ވެއްޓި، 11 މަރު!

ސްކަައިޑައިވިންއަށް މީހުން ގޮވައިގެންދިޔަ މަތިންދާބޯޓެއް ފްރާންސްގެ އިރުމަތީގައި އޮންނަ ޓޮމްބްލޭން އަވަށަށް ވެއްޓި، އޭގެން ދަތުރުކުރި އެންމެން މަރުވެއްޖެ އެވެ.
މި ހާދިސާގައި މަރުވީ މަތިންދާބޯޓުގެ ޕައިލެޓާއި 10 ފަސިންޖަރުންނެވެ. އޭގެ ތެރޭގައި ސްކައިޑައިވިން ދަސްކުރާ ފަސް ދަރިވަރުންނާއި ފަސް އިންސްޓްރަކްޓަރުން ހިމެނޭ ކަމަށާއި ގިނައީ ނަރުހުން ކަމަށްވެސް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ.
ފްރާންސްގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ނޭންސީ-އެސޭ އެއާފީލްޑުން ފުރި އެ މަތިންދާބޯޓު ވެއްޓުނީ ފުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ. އަދި ހާދިސާ ހިނގި ވަގުތު މަރުވި މީހުންގެ އާއިލާގެ މެންބަރުން އެއާފީލްޑްގައި ތިބި ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
ފްރާންސްގެ ޓްރާންސްޕޯޓް މިނިސްޓަރު ފިލިޕް ޓަބަރޮޓް ވިދާޅުވީ، މިއީ ”ބިރުވެރި ހިތާމަވެރި ހާދިސާއެއް“ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ