ޔޫރަޕްގައި ހޫނުގެ ސަބަބުން ގިނަ އަދަދަކަށް މީހުން މަރުވަނީ ގެދޮރު ފަރުމާ ކޮށްފައިވާގޮތުން ޑަބްލިޔު އެޗްއޯ

ޖެނީވާ (30 ޖޫން 2026): ދިރިއުޅެން ދަތިވާ ވަރަށް ޔޫރަޕް ހޫނުވަމުންދާއިރު ގަދަ ހޫނުގެ ސަބަބުން ޔޫރަޕްގައި އާދަޔާ ޚިލާފަށް މީހުން މަރުވަމުންދާ އެއްސަބަބަކީ ޔޫރަޕްގެ ގައުމުތަކުގެ އިމާރާތްތައް ފަރުމާ ކޮށްފައިވަނީ ހޫނުގަދަ މާހައުލަށް އެކަށީގެންވާ ގޮތަކަށް ނުވާތީ ކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ ޑަބްލިޔު.އެޗް.އޯ އިން ބުނެފިއެވެ. އެ ޖަމިއްޔާގެ ޑައިރެކްޓަރު ޖެނެރަލް އަދަނޮމް ގެބްރިއޭސުސް ވިދާޅުވިގޮތުގައި ޔޫރަޕަށްވުރެ މެދުއިރުމަތީގެ ގައުމުތަކަށް ވާ ހޫނު ބޮޑުކަމުގައެވެ. ނަމަވެސް ހޫނުގެ ސަބަބުން ގިނައިން މީހުން މަރުވަނީ ޔޫރަޕުންކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިހެންވަނީ ޔޫރަޕްގެ ގައުމުތަކުގެ ގެތަކާއި އޮފީސްތައް އަދި އެ ނޫންވެސް އިމާރާތްތައް ފަރުމާ ކޮށްފައިވަނީ މިފަދަ ހޫނުން ސަލާމަތްވާ ފަދަ ގޮތަކަށް ނުވާތީކަމަށް ބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ. ޔޫރަޕްގެ ގައުމުތަކުގައި ހޫނުން ސަލާމަތްވާނެ ވަސީލަތްތައް އިމާރާތްތަކުގައި ނުހުންނައިރު 30 ޑިގްރީއަށް ވުރެ މައްޗަށް ހޫނުމިން ގޮސްފިނަމަ ޔޫރަޕްގެ އިމާރާތްތަކުގައި ތިބުމަކީ ހީޓް ސްޓްރޯކް ޖެހުންފަދަ ސިއްހަތަށް ނުރައްކާ ހާލަތަށް ދާކަމެއްކަން ވަނީ ފާހަގަ ކުރެވިފައެވެ. ޔޫރަޕްގެ ބައެއް ގައުމުތަކުގެ ހޫނުމިން ބައެއް ދުވަސްތަކުގައި 40 ޑިގްރީ ސެލްސިއަސް އަށްވުރެ ވެސް މައްޗަށް ގޮސްފައެވެ. ހޫނުގެ ސަބަބުން ފަރަންސޭސިވިލާތުގެ ޕެރިހުުގެ މީހުން ގެދޮރުގައި ނުތިބެވިގެން މަގުތަަކަށް ނުކުމެ ފެންވަރަނީ މި ހޫނުގެ ސަބަބުން ފާއިތުވި ދެތިން ހަފްތާ ތެރޭގައި ދޮޅު ހާހަށް ވުރެގިނަމީހުން ޔޫރަޕްގެ އެކިގައުމުތަކުގައި މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ރިޕޯޓް ނުކުރެވި އެކަހެރި ސަރަހައްދުތަކުން މިއަށް ވުރެގިނަމީހުން މަރުވެފައިވާނެކަމަށް ވަނީ ލަފާކުރެވިފައެވެ. އިޓަލީ އާއި ގްރީސް އަދި ސްޕެއިންއާއި ފަރަންސޭސިވިލާތުގެ ޖަރުމަނާއި ޕޮލެންޑް އަދި ޗެކް ރިޕަބްލިކް އާއި ބަލްކަންގެ ގައުމުތަކުގައިވެސް ވަނީ 40 ޑިގްރީ އަށްވުރެ މައްޗަށް ހޫނުމިން ގޮސްފައެވެ. ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާއެކު މިހާރު ޔޫރަޕް ވެފައިވަނީ ހޫނު މޫސުމުގައި ދިރިއުޅެން ދަތިވާ ވަރަށް ހޫނު އަދި ފިނި މޫސުމުގައި ދިރިއުޅެން ދަތިވާވަރަށް ފިނި ގަދަ ގައުމުތަކަކަށް ވެފައެވެ. މިހާރު ސަލާމަތުން ޔޫރަޕްގައި އުޅެވެނީ ރަބީއު މޫސުމާއި ޚަރީފު މޫސުމުގައެވެ. ފިނި މޫސުމުގައި ސްނޯގެ ސަބަބުންނާއި ފަދަ ފިނީގެ ސަބަބުން ޔޫރަޕްގައި ދިރިއުޅެން ދަތިވާ ހިސާބަށް ވަނީ ގޮސްފައެވެ. ހޫނު މޫސުމުގައި ވެސް އާވިގަދަ ހޫނުގެ ސަބަބުން ހީޓް ސްޓްރޯކް ޖެހި ގިނަ އަދަދަކަށް މީހުންވަނީ މަރުވާން ފަށާފައެވެ. ނަތީޖާއަކީ ޔޫރަޕްގައި އިގްތިސާދީ ހަރަކާތްތައް ހިންގުމަށް ދަތިވުމެވެ. މިކަމުގެ ސަބަބުން ޔޫރަޕް މުއްސަނދިން އެހެން ގައުމުތަކަށް ދިރިއުޅުން ބަދަލުކުރުމާމެދު ވިސްނަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ. ގަދަ ހޫނުގެ ސަބަބުން ޔޫރަޕްގެ ގިނަ ގައުމުތަކުގައި ސްކޫލްތައް ބަންދުކޮށްފައިވާއިރު ގިނަ ކާރުޚާނާތައްވެސް ވަނީ ބަންދުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ