މާދަމާވެސް މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑޭނެކަމަށް ސްޓެލްކޯއިން ބުނެފި

މާދަމާ މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑޭނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ކަރަންޓުގެ ހިދުމަތް ބައެއް ސަރަހައްދުތަކުން ކެނޑޭނެކަމަށް ސްޓެލްކޯއިން ބުނީ ކުންފުނީގެ ބައެއް މަސައްކަތްތައް ރޭވިފައިވާތީ އެވެ.
އެގޮތުން ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލޭގެ، ރަށްދެބައިމަގު ހިމެނޭ ސަރަޙައްދުން 17 ޖޫންވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެކަމަށް ވަނީ ބުނެފައެވެ.
މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެކުންފުނިންވަނީ މަޢާފަށްއެދިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއަދުވެސްވަނީ މާލޭގެ، ބޮޑުރަސްގެފާނުމަގު އަދި އެމަގުގެ ހަނި ގޯޅި ހިމެނޭ ސަރަޙައްދުން މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ