ކުޅުދުއްފުށި ސިޓީ
ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާ ހެދި ކުއްޔަށް ނުދެވި ހުއްޓުނު ތެޔޮ ބިންތަކާއި ކައްކާ ގޭހުގެ ބިންތަކުގެ ބިޑްތައް ކުރިއަށްގެންދަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ސަރުކާރުން ހުށަހަޅައިގެން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާ ހެދި ކައުންސިލްތަކުގެ ފަހު ދައުރުގެ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވި އެވެ. އެގޮތުން ވިޔަފާރީގެ އުސޫލުން ބިން ކުއްޔަށް ދޫކުރުންވެސް ހުއްޓުވި އެވެ.
ގާނޫނަށް ބަދަލު ގެނެސް މަސައްކަތް ހުއްޓުވިއިރު ކުޅުދުއްފުށީގައި ކައްކާ ގޭހާއި ފިއުލް ޝެޑް ހެދުމަށް ބިން ދޫކުރަން އިއުލާންކޮށް ބިޑްތަކެއް ލިބި ބިން ހަވާލުކުރުމުގެ ފަހު މަރުހަލާގައި އުޅެނިކޮށްނެވެ.
އެގޮތުން ކައްކާ ގޭސް ވިއްކުމަށް 25 އަހަރަށް ބިން ކުއްޔަށް ދޫކުރުމަށް 2025 ވަނަ އަހަރުގެ ޖުލައިމަހު ކުރި އިއުލާނާ ގުޅިގެން ހުށަހެޅި ބީލަންތައް އެވޯޑްކޮށްފައިވާއިރު ކައުންސިލްގެ ބައްދަލުވުމުން ނިންމީ އޭރު މަޑުޖައްސާލި ހިސާބުން ފެށިގެން ކުރިއަށްގެންދިޔުމަށެވެ.
އަދި މީގެ އިތުރުން ފިއުލް ޝެޑް ތަރައްގީކުރުމާއި ތެޔޮ ރައްކާކުރުމަށް 2025 ވަނަ އަހަރު 20 ޖުލައިމަހު ކޮށްފައިވާ އިއުލާނާ ގުޅިގެން ހުށަހެޅި ބިޑްތަކާ އެއްގޮތަށް ކުރިއަށްގެންދިޔުމަށްވެސް ނިންމި އެވެ. މި ދެ ނިންމުންވެސް ފާސްވީ ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.
އާ ކައުންސިލް ހުވާކުރުމާއެކު ބިން ކުއްޔަށް ދޫކުރުމުގެ ބާރު އަލުން ލިބިފައިވާކަން ފާހަގަކުރައްވަމުން މޭޔަރު އާތިފް ވިދާޅުވީ، އޭރު ހުއްޓުނު މުހިންމު މަސައްކަތްތައް ނިންމުން އަވަސްކުރަން ޖެހޭ ކަމަށެވެ.
ގާނޫނީ ބަދަލާ ހެދި ހުއްޓުނު ތެލާއި ގޭހުގެ ބިންތައް މަޑުޖައްސާލި ހިސާބުން ކުރިއަށްގެންދަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ